
އަނިޔާވެރި ރަހުމުކުޑަ ކޮށް މަރާލާފައިވާ ރ އަތޮޅުގެ 2 ދަރިން ކަމަށްވާ ރ އުނގޫފާރު ގުލުފާމުގޭ އަލް މަރުހޫމު ޑރ އަފްރާޝީމް އަލީ އާއި ރ. މީދޫ މުހައްމަދު އަނަސް ގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ގަރާރެއް ފާސް ކުރުމަށް ރ އަތޮޅު ކައުންސިލުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މިގަރާރު ކައުންސިލްގެ މިއަހަރުގެ 47 ވަނަ ޖަލްސާއަށް ހުށައެޅުއްވީ ރ އިނގުރައިދޫ ދާއިރާގެ ކައުންސިލް މެމްބަރު އަދި ރ އަތޮޅު ކައުންސިލުގެ ނައިބް ރައީސް އަބުދުﷲ ހުސައިންއެވެ.
ޑރ އަފްރާޝީމް އަލީ އަނިޔާވެރިކޮށް އަވަހާރަ ކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވި ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. މި މަރަށް އިންސާފު ނުލިބި 7 އަހަރު ވީއެވެ.
25 އަހަރުގެ މުހައްމަދު އަނަސް ގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި މަރާލާފައިވަނީ 2017 ޖުލައި 31 ވަނަ ދުވަހުގެރޭ މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އެވެ. މި މަރަށްވެސް އިންސާފު ނުލިބި 2 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ދސފސދފސދފދސފ
Islam dheenaa dhekolhah vaahaka dhakkaa meeheh viyyaa nikan baarah ulheyne ekan hoadhan adhi maraalmugai harakaaiy therivanee dheenee meehaku viyyaa dhen insaafu libidhaane