ޚަބަރުރ.އަތޮޅުކުޅިވަރު

ފައިނު ފޭސް ޖަމިއްޔާއިން ކުޅިވަރު ފެސްޓިވަލެއް ބާއްވަނީ

ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވާސް (ފޭސް) އިން އިންތިޒާމްކޮށްގެން، “ފައިނު ސްޕޯޓްސް ފެސްޓިވަލް 2019″ގެ ނަމުގައި،  ރ.ފައިނުގައި ބާއްވާ ކުޅިވަރު ފެސްޓިވަލެއް މިއަހަރުގެ ޑިސެންބަރުމަހުގެ 14 ވަނަ ދުވަހު ފެށޭނެ ކަމަށް އެޖަމްޢިއްޔާއިން މައުލޫމާތުދޭ. މިފެސްޓިވަލުގައި ހިމެނެނީ ފުޓުބޯޅަ މުބާރާތަކާއި އަންހެނުންގެ ވޮލީ މުބާރާތެއްގެ އިތުރުން ކުޑަކުދީންގެ މިނީގޯލް މުބާރާތެކެވެ. މިފެސްޓިވަލުގައި ޓީމްތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ފޭސް ޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިފައިވާ ޓީމުތަކަށެވެ.

މިފެސްޓިވަލަކީ ޒުވާނުންނާއި ކުޑަކުދީން ކުޅިވަރުގައި އެކަތިގަނޑަކަށްވެ، ރަށުގެ އެންމެހާ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށާއި، ރަށުގައި ފުޓްބޯޅަ އަދި ވޮލީގެ ފޯރި އަށަގަންނަވާ، މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަމުން ޒުވާނުންނާއި ކުޑަކުދީން ދުރުކޮށް، ކުޅިވަރުގެ ތެރެއިން ބޭނުންތެރި، ދުޅަހެޔޮ އަދި ޒިންމާދާރު ބަޔަކު އުފެއްދުމުގެ މަޤުޞަދުގައި ބާއްވާ ފެސްޓިވަލެކެވެ.

ފެސްޓިވަލް ލޯންޗުކުރުމުގެ ތެރެއިން

މިފެސްޓިވަލް ލޯންޗުކުރުމުގެ ޙަފްލާވަނީ 10 އޮގަސްޓް 2019 ވަނަ ދުވަހު ބޭއްވިފައެވެ. ފެސްޓިވަލް ލޯންޗްކޮށްދެއްވީ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދުއާއި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ޢުމަރެވެ.

މިފެސްޓިވަލުގައި ހިމެނޭ ފުޓުބޯޅަ މުބާރާތް 14 ޑިސެންބަރު 2019 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ވޮލީ މުބާރާތާއި މިނީގޯލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 23 ޑިސެންބަރު 2019 ވަނަ ދުވަހުކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ.

ތިމާވެށި، ދީނީ، އިޖްތިމާޢީ އަދި ކުޅިވަރުގެ ދާއިރާއިން ގިނަގުނަ ޙަރަކާތްތަކެއް ހިންގާފައިވާ ފޭސް ޖަމިއްޔާއިންވަނީ މީގެ ކުރިންވެސް ފޭސް ކަޕްގެ ނަމުގައި ފުޓުބޯޅަ މުބާރާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close