ޚަބަރުރ.އަތޮޅު

އިސްލާމިކް މިނިސްޓަރ އުނގޫފާރު އިސްލާމިކް ސެންޓަރުގެ މަސައްކަތް ބައްލަވާލައްވައިފި

މިދަތުރުފުޅުގައި ވާދޫ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ރ. ހުޅުދުއްފާރު ގޮފި ރަސްމީކޮށް ހުޅުއްވައިދެއްވި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އަތޮޅު ތެރެއަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ އުނގޫފާރަށް ވަޑައިގެން އުނގޫފާރުގައި ބިނާ ކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބައްލަވާލައްވައިފިއެވެ.

އަނިޔާވެރިކޮށް އަވަހާރަ ކޮށްލާފައިވާ ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ބިނާކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ އެސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ރ އަތޮޅު ކައުންސިލާއި އަދި އުނގޫފާރު ކައުންސިލްގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓަރ ރ އަތޮޅު ކައުންސިލާއި ބައްދަލު ކުރެއްވުން / ފޮޓޯ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރ އުނގޫފާރަށް ކުރެއްވި މިޒިޔާރަތުގައި ރ އަތޮޅު ކައުންސިލާވެސް ރޭ ބައްދަލުކުރެއްވިއެވެ. އަދި މިދަތުރު ފުޅުގައި އިއްޔެ ހުޅުދުއްފާރަށާއި ވާދޫ އަށްވެސް މިނިސްޓަރު ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ރ. ވާދޫ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު / ފޮޓޯ އިސްލާމިކް މިނިސްޓްރީ

މިނިސްޓަރ ވާދޫއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ވާދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައި މިސްކިތުގެ ބިންގާވެސް އަޅުއްވައި ދެއްވާފައެވެ. އަދި މިދަތުރު ފުޅުގައި ވާދޫ ކައުންސިލަށް ޒިޔާރަތްކޮށް ކައުންސިލާއި ބައްދަލުކުރަށްވައި މެހެމާނުން ސޮއިކުރަށްވާ ފޮތުގައި މިނިސްޓަރވަނީ ސޮއިކުރަށްވާފައެވެ.

ރޭ އިރާކޮޅު މިނިސްޓަރ ދެން ވަޑައިގެންނެވީ ރ ހުޅުދުއްފާރަށެވެ. ހުޅުދުއްފާރަށް ކުރެއްވި މިޒިޔާރަތުގައި މިނިސްޓަރވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ރ. ހުޅުދުއްފާރު ގޮފި ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ހުދުއްފާރު ކައުންސިލަށް ޒިޔާރަތްކޮށް ކައުންސިލާއި ބައްދަލުކުރަށްވައި މެހެމާނުން ސޮއިކުރަށްވާ ފޮތުގައި މިނިސްޓަރވަނީ ސޮއިކުރަށްވާފައެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ރ. ހުޅުދުއްފާރު ގޮފި ރަސްމީކޮށް ހުޅުއްވައިދެއްވުން/ ފޮޓޯ އިސްލާމިކް މިނިސްޓްރީ
ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close