ޚަބަރު

އުނގޫފާރު ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އުނގޫފާރު ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.  އެކްސިޑެންޓުވެފައި ވަނީ އުނގޫފާރު “ވިލުބާނި” ލޯންޗު އަދި އުނގޫފާރު “ހިތްވަރު” ދޯންޏެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ މިރޭގެ 22:10 ހާ އިރު އުނގޫފާރު އުތުރުފަރާތު ބޭރުން އުނގުލާ ދޭތެރޭގައެވެ.

މި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ލޯންޗު އަދި ދޯނީގައި ތިބި ބައެއް އެހެން މީހުންނަށް ވަނީ އެކިވަރުގެ ކުދި އަނިޔާ ލިބިފައެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ލޯންޗު ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ހަލާކުވެފައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close