ޚަބަރުރ.އަތޮޅު

2020 ގެ ބަޖެޓުގައި އުނގޫފާރަށް 147 މިލިއަން ރުފިޔާ

ބޮޑު އަދަދެއް ހިމަނާފައި އޮތީ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް

2020 ވަނަ އަހަރަށް ސަރުކާރުން ކަނޑައެޅި ބަޖެޓު މިއަދު މަޖިލީހަށް ހުށައަޅައިފިއެވެ. 37.5 ބިލިއަން ރުފިޔާގެ މިބަޖެޓުގައި  އުނގޫފާރަށް 147 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ދައުލަތުން ހުށައެޅި ބަޖެޓުގައި 2020 ވަނަ އަހަރު އުނގޫފާރު ގައި އަލަށް ފެށުމަށް ކަނޑައަޅާފައިވަނީ އުނގޫފާރުގެ ނެރު ބަދަލުކުރުމާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީއަށް ބަދަލުކުރުމެވެ. ހޮސްޕިޓަލް ޓާޝިއަރީ އަށް ބަދަލުކުރުމުގެ މަސައްކަތައް 99 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމަށް 30 މިލިއަން ރުފިޔާ އާއެކު ހޮސްޕިޓަލަށް ކަނޑައަޅާފައިވާ ބަޖެޓް 129 މިލއަނަށް އަރައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ހިނގަމުންދާ ޕްރޮޖެކްޓްގެ ގޮތުގައި ބަޖެޓްގައި ހިމަނާފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕްރައިވެޓް ވޯޑާއި މަގުހެދުމާއި އިސްލާމިކް ސެންޓަރުގެ މަސައްކަތާއި ފެނާއި ވޭސްޓް މެނޭޖްމަންޓް ގެ އިތުރުން އުނގޫފާރު ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތެވެ.

މީގެ އިތުރުން 2020 ގައި ފެށުމަށް ތައްޔާރުވަމުންދާ ބިންހިއްކުމުގެ ބޮޑު މަޝްރޫއުގައި އުނގޫފާރު ހިމެނިފައި ވީނަމަވެސް އެކަމަށް ހިނގާނެ ހަރަދެއް ވަކިން ހިމަނާފައެއްނުވެއެވެ.

ޕީއެސްއައިޕީ ރަށްތަކަށް ބެހިފައިވާގޮތަށް ބަލާއިރު ރ އަތޮޅުން އެންމެ ބޮޑު އަދަދެއް ބަޖެޓުގައި ހިމަނާފައިވަނީ އުނގޫފާރަށެވެ. އެއީ 48 މިލިއަން ރުފިޔާއެވެ. ދެން އެއްމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މަޑުއްވަރީ އަށެވެ. އެއީ 35 މިލިއަން ރުފިޔާއެވެ.

އަތޮޅުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރާ ގޮތަށް ރާވާފައި ވަނީ އައްޑޫ އެވެ. އެއީ 523 މިލިއަން ރުފިޔާގެ މަޝްރޫއެވެ. މީގެ އިތުރުން އެންމެ ބޮޑު ހޭދައެއް ކުރާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހދ. އަތޮޅުގައި 362 މިލިއަން ރުފިޔާ، ރ. އަތޮޅުގައި 309 މިލިއަން ރުފިޔާ، ތ. އަތޮޅުގައި 332 މިލިއަން ރުފިޔާ، ގދ. އަތޮޅުގައި 486 މިލިއަން ރުފިޔާގެ މަޝްރޫއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close