ޚަބަރުރ.އަތޮޅު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން އާއި މެމޯގްރަފީގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ

އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު ވަނީ އިއުލާނު ކޮށްފައި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން އާއި މެމޯގްރަފީ ބެހެއްޓުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ އެ މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރަން ޖެހޭނެއެވެ. ޕްރީބިޑް ސެޝަން އޮންނާނީ 10 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނުު 10:30 ގައި  އެ މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި އެ މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 10 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނުު 10:30  ކުރިން procurement@health.gov.mv އަށް މެއިލްކޮށްދެއްވުން މިނިސްޓްރީން އެދި ލައްވައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close