ޚަބަރުރ.އަތޮޅުވަޒީފާ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނަރުހުން ހޯދަން އިއުލާނުކޮށްފި

ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ނަރުހުންނަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރެޖިސްޓާރޑް ނާރސް/ ސީނިއަރ ރެޖިސްޓާރޑް ނާރސް/ ކްލިނިކަލް ނާރސް ހޯދުމަށް ހުޅުވާލި ފުރުސަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:   raa.urh@gmail.com  މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި މަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ނޮވެމްބަރ 19 އާއި 2019 ނޮވެމްބަރ  18 އާ ދެމެދު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަނީ ގިނަ އަދަދެއްގެ ވަޒީފާތަކަކަށް މުވައްޒަފުން ހޯދުމަށް މިދިޔަ އޮގަސްޓް މަހުވެސް އިއުލާނުކޮށްފައެވެ. އެފަހަރު އިއުލާނުކޮށްފައިވަނީ ޑްރައިވަރ، ސީނިއަރ އެކައުންޓް އޮފިސަރ، ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ރިސެޕްޝަނިސްޓް، ޕްރޮކިއުމަންޓް އޮފިސަރ، އިލެކްޓްރީޝަން، ކަސްޓަމަރ ރިލޭޝަން، ހައުސްކީޕަރ އަދި އެޓެންޑެންޓްގެ މަޤާމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މިބިޔަ މަޝްރޫއަށް ސަރުކާރުން 2020 ވަނަ އަހަރުގެ ބަޖެޓުގައި 99  މިލިޔަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ހޮސްޕިޓަލުތަކުގެތެރެއިން މިހާރުވެސް އެއްމެ ގިނަބަޔަކު ހިދުމަތް ހޯދާ އެއް ހޮސްޕިޓަލެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close