ޚަބަރުރ.އަތޮޅު

2020 ގެ ބަޖެޓުގައި ރ އަތޮޅަށް 309 މިލިއަން ރުފިޔާ

ޕީއެސްއައިޕީގެ ދަށުން އަލަށްފަށާ 28 ޕްރޮޖެކްޓާއެކު 69 ޕްރޮޖެކްޓް އަންނަ އަހަރު ރ އަތޮޅުގައި ކުރިއަށް ދާނެ

ތަރައްގީގެ މަޝްރޫއުތަކަށް މީގެ ކުރިން ބަޖެޓް ނުކުރާ ވަރަށް އަންނަ އަހަރަށް ބަޖެޓްކޮށް 900 އަށް ވުރެ ގިނަ މަޝްރޫއު ހަމައެކަނި ރަށްރަށުގައި ހިންގަން ސަރުކާރުން އަމާޒު ހިފައިފި އެވެ. މީގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކުގެ އިތުރުން މިހާރު ހިނގަމުންދާ މަޝްރޫއުތައް ވެސް ހިމެނެ އެވެ.

ސަރުކާރުން 2020  ވަނަ އަހަރަށް ހުށައެޅި ބަޖެޓުގައި ރ އަތޮޅުގައި ހިންގާ ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 309 މިލިއަން ރުފިޔާއެވެ. ރ އަތޮޅުގެ 15 ރަށުގައި ޕީއެސްއައިޕީގެ ދަށުން 69 ޕްރޮޖެކްޓް ހިންގުމަށް ބަޖެޓުކޮށްފައިވާއިރު މީގެ ތެރެއިން އަލަށްފަށާ 28 ޕްރޮޖެކްޓް ހިމެނެއެވެ. މިޕްރޮޖެކްޓް ތަކަށް 286 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފައެވެ.

ޕީއެސްއައިޕީގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ 28 ޕްރޮޖެކްޓަށް 66 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާއިރު ހިންގަމުންދާ 21 ޕްރޮޖެކްޓަށް 72 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފައެވެ. އެވޯޑް ކުރެވިފައިވާ 4 ޕްރޮޖެކްޓަކަށް 9 މިލިއަން ރުފިޔާ އަދި ޓެންޑަރިން މަރުހަލާގައިވާ 4 ޕްރޮޖެކްޓަކަށް 23.9 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފައިވާއިރު  ޕްރިޓެންޑަރިންގ  10 ޕްރޮޖެކްޓަކަށް 64 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފައެވެ.

ރ އަތޮޅުގައި ހިންގުމަށް ކަނޑައަޅާފައިވަނީ 9 ރަށެއްގައި ފެނާ ނަރުދަމާ އާއި 6 ރަށެއްގެ ސްކޫލުތަކުގެ މަލްޓިޕާޕަސް ހޯލާއި 8 ރަށެއްގެ ސްުކޫލްތަކުގައި ކްލާސްރޫމު ތަކާއި  4 ރަށެއްގެ ފުޓު ބޯޅަ ދަނޑުތަކާއި 1 ރަށުގައި ފުޓުސަލް ދަނޑެއްގެ އިތުރުން 2 ރަށެއްގެ ގަޮނޑުދޮށް ހިމާޔަތް ކުރުމާއި 2 ރަށެއްގެ ބިންހިއްކުމާއި 2 ރަށެއްގައި އައުޓުޑޯ ޖިމާއި 4 ރަށެއްގައި ސިއްހީ ދާއިރާ ތަރައްޤީ ކުރުމާއި 4 ރަށެއްގައި އިޖުތިމާއީ މަރުކަޒުތައް ބިނާކުރުމާއި 8 ރަށެއްގެ ބަނދަރުގެ މަސައްކަތާއި 2 ރަށެއްގައި އޮފީސް އިމާރާތާއި 4 ރަށެއްގެ މަގު ހެދުމާއި 2 ރަށެއްގެ މިސްކިތާއި ރަސްގެތީމު ކަލްޗަރަލް ސެންޓަރުގެ މަސައްކަތެވެ.

އަންނަ އަހަރަަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، އޭގައި ބުނެފައިވާ ގޮތުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އަންނަ އަހަރު 10.1 ބިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމައިފަ އެވެ. މިއީ މި އަހަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. އަދި މިއީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ހަރަދުގެ 27 ޕަސެންޓް ވެސް މެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާއިރު މިއަދަދު ތަކަށާއި ޕްރޮޖެކްޓް ތަކަށް ބަދަލު އައުމީ އެކަށީގެންވާ ކަމެކެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close