ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

ޑީސީ ކަޕްގެ ފުރަތަމަ މެޗުގައި ނ އަދި ރ އަތޮޅު ޕޮލިސް ޓީމު

އުފާ ސްޕޯރޓްސް އިން އިންތިޒާމު ކޮށްދޭ މިމުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 14 - 16 އަށް އުނގޫފާރުގައި

އުތުރު ސަރަހައްދުގެ 4 އަތޮޅުގެ ޕޮލިހުންގެ މެދުގައި ކުރިއަށްދާ “ޑީސީ ކަޕް” ފުޓު ސަލް މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ. ގުރުއަތު ލުމުގެ ރަސްމިއްޔާތު އޮތީ ރޭ 23:00 ގައި އުނގޫފާރު ޕޮލިސް ސްޓެޝަންގެ ޓީވީ ހޯލުގައެވެ.

ނ، ރ، ބ އަދި ޅ އަތޮޅުގެ ޕޮލިހުންގެ އިތުރުން މިހަތަރު އަތޮޅުގައި މަސައްކަތްކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހެން ޑިޕާޓުމަންޓްތަކުގެ ޕޮލިހުންގެ ޓީމަކާއެކު 5 ޓީމް ވާދަކުރާ މިމުބާރާތުގެ ގުރުއަތު ލުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ މުޖުތަބާ އަބްދުއްސައްތާރުއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ރަސްމިއްޔާތު ފައްޓަވައިދެއްވީ އަބްދުﷲ އަލީއެވެ. ތައާރަފް ކޮށްދެއްވީ ހުސައިން ޝިޔާމްއެވެ. މުބާރާތުގައި ބައިވެރި ޓިމުތަކުގެ ފަރާތުން ގުރުއަތު ނަގައިދެއްވީ އުނގޫފާރު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ ފުލުހުންނެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ޓީމުތަކުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެއްމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލް ކުޅޭ ގޮތަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހު ހަވީރުއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރުއެވެ. މުބާރާތުގެ ހުރިހައި މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓުސަލް ދަނޑުގައެވެ.

މިމުބާރާތުގެ ހުރިހައި މެޗެއްވެސް އުނގޫފާރު ޑޮޓް ކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

ގުރުއަތު ލުމުގެ ރަސްމިއްޔާތުގެ ފޭސްބުކު ލައިވް

DC Futsal Cup 2019 – North Police Division – Draw Ceremony

Posted by Ungoofaaru.com on Friday, 8 November 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close