ޚަބަރުރ.އަތޮޅު

ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓު މި ހަފުތާގައި އާއްމު ކުރަނީ

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މި ހަފުތާ ތެރޭގައި އާއްމު ކުރައްވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ. ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމުހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ޤައުމާއި މުހާތަބުކޮށް ފާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ ރިޕޯޓު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި ކަމާ ގުޅޭ އިދާރާތަކަށް މި ހަފުތާ ތެރޭގައި ރިޕޯޓު ފޮނުއްވާނެ ކަމަށެވެ. އަދި އޭގެ މައުލޫމާތު ވެސް އާއްމު ކުރާނެ ކަމަށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުން ހޯދުމަށް ރައީސުލް ޖުމުހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުން އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން މިހާރު ހޯދާފައިވާ ކަމަށްއެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު އެކޮމިޝަނުން ވަނީ ރައީސަށް އަރުވައިފަ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close