ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅު

ލޮޓަސް ފިހާރަ ކޮމިއުނިޓީ ސެންޓަރ އަދި އުފާ ގުޅިގެން ގިނަ އަދަދެއްގެ ތަކެތި ހަވާލު ކޮށްފި

ލޮޓަސް ފިހާރަ އާއި އުނގޫފާރު ކޮމިއުނިޓީ ސެންޓަރު އަދި އުނގޫފާރު ފޯސްޓަރިން އެވެއަރނަސް އެސޯސިއޭޝަން (އުފާ) ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ހަވާލުކޮށްފިއެވެ.

މިޕްރޮގްރާމެ ދަށުން މިހާތަނަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ސީޕީއޭޕީ މެޝިނާއި ސޯޕް ޑިސްޕެންސަރާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރާ އަސާ އަދި ފުރޮޅުލީ ބެޓެރީ ގޮނޑި އާއި ކުޑަ އާއި ތޮތްޕާއި ބީޗު ކުޑަފަދަ ތަކެއްޗެވެ.

ލޮޓަސް ފިހާރައިން ހަދިޔާކުރާ މިތަކެތި އުނގޫފާރު ކޮމިއުނިޓީ ސެންޓަރާއި އުފާމެދުވެރި ވެގެން ހޮސްޕިޓަލް ތަކާއި ހެލްތު ސެންޓަރު ތަކާއި މިސްކިތްތަކާއި ކެފޭ ތަކާއި އާއްމު ފަރުދުންނަށް ވަނީ ހަދިޔާ ކޮށްފައެވެ.

މިގޮތުން މިހާތަނަށް 55 ފަރާތަށް އަސާ ހަވާލުކޮށްދީފައިވާއިރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ށ ފުނަދޫ އަތޮޅު ހޮސްޕިޓަލާއި  އަލިފުށި ހުޅުދުއްފާރު ދުވާފަރު އަދި ލ މާވަށު ސިއްހީ މަރުކަޒަށް ވަނީ ސީޕީއޭޕީ މެޝިން ހަވާލުކޮށްފައެވެ. މީގެ އިތުރުން ސޯޕް ޑިސްޕެންސަރ ހަވާލުކޮށްފައިވަނީ ލ މާވަށް، މާކުރަތު، އުނގޫފާރު، ހުޚޫދުއްފާރު، ވާދޫ، އަލިފުށި، ރަސްގެތީމު އަދި ދުވާފަރަށެވެ. މިތަކެތި ހަވާލު ކޮށްފައިވަނީ އެރަށްރަށުގެ މިސްކިތްތަކަށާއި ސުކޫލު ތަކަށެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކޮމިއުނިޓީ ސެންޓަރު ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދު ވިދާޅުވީ މިވަގުތައް އެކިފަރާތްތަކަށް ހަވާލުކުރުމަށް ކުރިއަށްގެންދިޔަ ބުރު ނިމުނީ ކަމަށާއި އުއްމީދު މިކުރަނީ އަންނަ މަހު މިފަދަ ތަކެތި ލޮޓަސްގެ އެހީތެރިކަމާއެކު ހަދިޔާ ކުރުމުގެ އާ ބުރެއް ފެށޭނެކެމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close