ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

މާދަމާ ފެށޭ ޑީސީ ކަޕްގައި ޕްލާސްޓިކް ފެންފުޅި ބޭނުން ނުކުރާނެ

މުބާރާތުގައި ބޭނުން ކުރާނީ ޖޯލި މޯލްޑިވްސް އަދި މޯލްޑިވްސް ފުޓުސަލް ޕްލޭޔާސް ފޭސްބުކް ޕޭޖުން ހަދިޔާކުރި ބިއްލޫރި ފުޅި

މާދަމާ ހަވީރު އުނގޫފާރުގައި ފެށުމަށް ހަމަޖެހިފައިވާ ޑިވިޝަން ކޮމާންޑަރު ފުޓުސަލް ކަޕްގައި ޕްލާސްޓިކް ފެންފުޅި ބޭނުން ނުކުރުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމާފައި ވަނީ މިހާރު ކުރިއަށްދާ ސިންގަލް ޔޫސް ޕްލާސްޓިކާއި ދެކޮޅު ކެމްޕެއިންގައި ބައިވެރި ވުމުމުގެ ގޮތުންނެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުފާ ސްޕޯރޓްސް ގެފަރާތުން އުފާގެ ނައިބް ރައީސް ހަސަން ފަޒީލް ވިދާޅުވީ މިގޮތަށް ނިންމާ ފައި މިވަނީ އުފާ އަދި  ޑިވިޝަން ކޮމާންޑަރާއި އުނގޫފާރު ޕޮލިސް އާއެކު ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

“އަޅުގަނޑު މެންގެ މެދުގައި މަޝްވަރާ ކުރެވުނު އެއްމެ މުހިއްމު އެއްކަމަކީ މުބާރާތުގައި އަޅުގަނޑު މެންނަށް ކުރެވިދާނެ ތަފާތު ނުވަތަ އާކަންތައް ތަކަކާއި ބެހޭގޮތުން، އެގޮތުން އަޅުގަނޑު މެންނަށް އެއްބަސް ވެވުނު އެއްކަންތައް މިއީ ދަނޑަށް ޕުލާސްޓިކް ފެންފުޅި ނުވެއްދުން، އެގޮތުން މިކަން މިގޮތަށް މިކުރަނީ” ހަސަން ވިދާޅުވިއެވެ.

 

މިމުބާރާތުގައި ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބޭނުންކުރާނެ ބިއްލޫރި ފުޅި ހަދިޔާކުރީ މޯލްޑިވްސް ފުޓުސަލް ޕްލޭޔާސް ފޭސްބުކް ޕޭޖުގެ ފަރާތުންނާއި ޖޯލި މޯލްޑިވްސްގެ ފަރާތުން ނެވެ.

މުބާރާތުގައި ޓީމުތަކަށް ބޭނުންވާ ފެން މެޗުކުރިއަށްދާއިރު ޓީމުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާއި ކުރިއަށް ގެންދާނީ އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ފަރާތުންނެވެ.

މޯލްޑިވްސް ފުޓުސަލް ޕްލޭޔާސް ފޭސްބުކް ޕޭޖަކީ ރާއްޖޭގެ ފުޓުސަލް އަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފޭސްބުކް ޕޭޖެކެވެ. މިޕޭޖުގެ ފަރާތުން މީގެ ކުރިންވެސް ވަނީ އުނގޫފާރުގައި ހިންގާ އިޖުތިމާއި އެކިއެކި ކަންކަމަށް ތަފާތު އެހީތެރިކަން ދީފައެވެ. މިފުރުސަތުގައި މިޕޭޖު ހިންގުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކަށް އަދި ޖޯލި މޯލްޑިވްސްގެ މެނޭޖުމަންޓަށް އުފާގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close