ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅު

އިފުރު އެއަޕޯޓް އަދި އުނގޫފާރުގައި ޑްރިލް އެއް ބާއްވައިފި

އިފުރު އެއަރޕޯޓުގައި ހިނގާފާނެ ނުރައްކާތެރި ހާދިސާއަކަށް ތައްޔާރުވުމުގެ ގޮތުން އިފުރުގައި އަދި އުނގޫފާރުގައި ޑްރިލް އެއް ބާއްވައިފިއެވެ. މިއަދު މެންދުރު ފަހު ތިނެއްޖަހާކަށް ހާއިރު ފެށި ޑްރިލް ނިންމާލާފައިވަނީ އިރުއޮއްސި ހައެއް ޖަހާކަށް ހާއިރުއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ބޭރުގައި ހުންނަވައި އުނގޫފާރު ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ކޮމިއުނިކޭޝަން އަދި ޕަބްލިކް ރިލޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ޑްރިލްއަކީ އިފުރު އެއަރޕޯޓްގައި ހިނގާފާނެ ނުރަށްކާތެރި ހާދިސާއަކަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޑްރިލްއެއްކަމަށެވެ. އަދި މިޑްރިލްގައި ކަމާ ގުޅުންހުރި ހުރިހައި ފަރާތްތަކުން ބައިވެރިވި ކަމަށެވެ.

މިޑްރިލްގައި އިފުރު އެއަރޕޯޓުގައި ހިނގި މަތިންދާބޯއްޓެއް ވެއްޓުމުގެ ހާދިސާގެއްގައި އެކިވަރުގެ އަނިޔާ ލިބުނު 35 ފަސިންޖަރުން އިފުރުން އުނގޫފާރު ރީޖަނަލަށް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދީފައިވެއެވެ.

މިފަދަ ހާދިސާއެއް ހިނގާއިރު ދިމާވެދާނެ ހުރިހައި ކަމަކަށް މިޑްރިލްގައި ޕްރެކްޓިސް ކޮށްފައިވެއެވެ. އެގޮތުން އަނިޔާވި ފަސިންޖަރުންގެ އާއިލާގެ ފަރާތްތަކުގެ ހަރަކާތްތަކާއި ދަތުރުފަތުރާއި މަގުމަތީގެ ޓްރެފިކާއި ބަލިމީހުން އުފުލުމާއި މިފަދަ ބޮޑެތި ހާދިސާތަށް ހިނގައިގެން އުޅޭ ވަގުތު މިފަދަ ދަނޑިވަޅުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގާފާނެ ކަންކަމަށްވެސް އެޓެންޑް ކޮށްފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close