ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

ޑީސީ ކަޕް ގައި ބައިވެރިވާ ޓީމުތަކަށް މަރުހަބާ ކިއުން ސަޤާފީ ހަރަކާތް ތަކާއެކު

ޓީމުތައް އުނގޫފާރަށް އައުމަށް ހަމަޖެހިފައިވަނީ 10 ޖަހާއިރު

މިއަދު ފެށުމަށް ހަމަޖެހިފައިވާ ޑިވިޝަން ކޮމާންޑަރ ފުޓުސަލް ކަޕްގައި ބައިވެރިވާ ޓީމުތައް މިއަދު އުނގޫފާރަށް އައުމުން ސަޤާފީ ހަރަކާތް ތަކާއެކު މަރުހަބާ ކިއުން އޮންނާނެއެވެ. މިއަދު 10 ޖަހާއިރު އޮންނަ މިރަސްމިއްޔާތުގައި އުނގޫފާރު ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާނެއެވެ.

ޓީމުތަކަށް މަރުހަބާ ކިއުމުގެ ހަރަކާތްތައް ކުރިއަށްދާނީ ބަނދަރުން ސަރަހައްދުން ފެށިެގން އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ހަމައަށެއެވެ. ޓީމުތަކަށް ދޭ ރެފްރެޝްމަންޓް އާއި މުބާރާތުގެ ލަވަ ލޯންޗުކުރުން އޮންނާނީ ޕޮލިސް ސްޓޭޝަންގެ ބޭރުގައި އޮންނަ ރަސްމިއްޔާތުގައެވެ.

ޓީމުތަކަށް މަރުހަބާ ކިއުމަށް ބާއްވާ މިރަސްމިއްޔާތު އުގޫފާރު ޑޮޓް ކޮމްގެ ފޭސްބުކު ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close