ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

ޑީސީ ފުޓުސަލް ކަޕް 2019 ގެ ފުރަތަމަ މެޗު ފަސޭހަކަމާއެކު ރ އަތޮޅު ޕޮލިސް ކާމިޔާބު ކޮށްފި

މިއަދު ހަވީރު ފެށި “ޑީސީ ފުޓުސަލް ކަޕް 2019” ގެ ފުރަތަމަ މެޗު ރ އަތޮޅު ޕޮލިސް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ. ރ އަތޮޅު ޕޮލިސް މިމެޗު ކާމިޔާބު ކުރީ 7 ލަނޑު 2 ލަނޑުން ނ އަތޮޅު ޕޮލިސް ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިމެޗުގައި ރ އަތޮޅު ޕޮލިސްގެ ލަނޑު ތައް ކާމިޔާބުކޮށްދިނީ 11 ނަމްބަރު މޫސާ އަފްރާހް 3 ލަނޑު، 9 ނަމްބަރު އަހުމަދު މުޖުތަބާ (ބީޗު އައްމަޑޭ) 3 ލަނޑު އަދި އަސްފާމު ހަމީދު އެއްލަނޑެވެ. ނ އަތޮޅު ޕޮލިސް ޓީމުގެ ދެ ލަނޑު ޖަހައިދިނީ 3 ނަމްބަރު އަލީ ނާފިއު އާއި 13 ނަމްބަރު މުހައްމަދު ފާރިޝް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ރ އަތޮޅު ޕޮލިސް ޓީމުގެ 9 ނަމްބަރު އަހުމަދު މުޖުތަބާއެވެ. އަހުމަދު މުޖުތަބާއާއި ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާނު ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު މުޖުތަބާ އަބްދުއްސައްތާރުއެވެ.

“ޑީސީ ފުޓުސަލް ކަޕް 2019” ގެ ފުރަތަމަ މެޗުގައި ރ އަތޮޅު ޕޮލިސް އަދި ނ އަތޮޅު ޕޮލިސް ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް ވީޑިއޯ ބެއްލެވުމަށް

Police DC Futsal Cup 2019 – R.Atoll Police vs N.Atoll Police

Posted by Ungoofaaru.com on Thursday, 14 November 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close