ޚަބަރުރ.އަތޮޅުރަށު ކުޅިވަރުރިޕޯޓްކުޅިވަރު

އެއްމެ ފަހުގެ ޗެމްޕިއަން ޅ އަތޮޅު ޕޮލިސް ބަލިކޮށް ރަނަރަޕް ނ އަތޮޅު ޕޮލިސް ފުރަތަމަ މޮޅު ހޯދައިފި

ޑީސީ ފުޓުސަލް ކަޕް 2019

ނޯތު ޕޮލިސް ޑިވިޝަންގެ 4 އަތޮޅު ގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި އުނގޫފާރު ގައި ކުރިއަށްދާ “ޑީސީ ފުޓުސަލް ކަޕް 2019” ގެ ތިން ވަނަ މެޗު ނ އަތޮޅު ޕޮލިސް  ކާމިޔާބު ކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ނ އަތޮޅު ޕޮލިސް މިމެޗު ކާމިޔާބު ކުރީ 2 ލަނޑު 0 ލަނޑުން އެއްމެ ފަހުގެ ޗެމްޕިއަން ޅ އަތޮޅު ޕޮލިސް ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިމެޗުގައި ނ އަތޮޅު ޕޮލިސްގެ 2 ލަނޑު ކާމިޔާބުކޮށްދިނީ 6 ނަމްބަރު އާރިފް ހާރޫނު އާއި 13 ނަމްބަރު މުހައްމަދު ފާރިޝް އެވެ.  ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 9 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އާރިފް ހާރޫންއެވެ. ދެވަނަ ލަނޑު ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ފާރިޝްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ނ އަތޮޅު ޕޮލިސް ޓީމުގެ  ގޯލް ކީޕަރު ހުސާމް އަބްދުﷲއެވެ. ހުސައިން އަބްދުﷲ އާއި ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާނު ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބުރާންޗުގެ މެނޭޖަރ އިސްމާއީލް ނާފިޒް އެވެ.

މީ މިމުބާރާތުގައި ޅ އަތޮޅު ޕޮލިސް ޓީމުގެ ފުރަތަމަ ކުޅުނު ފުރަތަމަ މެޗެވެ. ނ އަތޮޅު ޕޮލިސް ޓީމްގެ ފުަރަތަމަ މެޗުގައި ބައްދަލުކުރީ ރ އަތޮޅު ޕޮލިސް ޓީމާއެވެ. އެމެޗު ރ އަތޮޅު ޕޮލިސް ކާމިޔާބު ކުރީ 7-2 ލަނޑުންނެވެ.

މިދެޓީމަކީ ޑީސީ ކަޕްގެ ފުރަތަމަ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރި ދެޓީމެވެ. އެމެޗު 6 – 0 ކާމިޔާބުކުރީ ޅ އަތޮޅު ޕޮލިސް ޓީމެވެ.

ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ނ، ރ، ބ އަދި ޅ އަތޮޅުގެ  ފުލުހުންގެ މެދުގައި ބާއްވާ މިމުބާރާތުގެ އިންތިޒާމް ތަކެއް މިފަހަރު ކުރިއަށް ގެންދަނީ އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) ގެ އުފާ ސްޕޯރޓްސް އިން ނެވެ. އަދި މިމުބާރާތުގެ ހުރިހައި މެޗެއް އުނގޫފާރު ޑޮޓް ކޮމްގެ ފޭސްބުކު ޕޭޖުން ލައިވް ކުރާނެއެވެ.

މީދިޔަ އަހަރު 4 ޓީމު ބައިވެރިވި މިމުބާރާތުގައި މިފަހަރު 5 ޓީމު ވާދަ ކުރެއެވެ. 4 އަތޮޅުގެ ފުލުހުންގެ މެދުގައި ކުރިއަށްދާ މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީީމަކީ ޅ. އަތޮޅު ޕޮލިސް ޓީމެވެ.

“ޑީސީ ފުޓުސަލް ކަޕް 2019” ގެ ތިންވަނަ މެޗުގައި ޅ އަތޮޅު ޕޮލިސް އަދި ނ އަތޮޅު ޕޮލިސް ޓީމު ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް ވީޑިއޯ ބެއްލެވުމަށް

Police DC Futsal Cup 2019 – N.Atoll Police vs Lh.Atoll Police

Posted by Ungoofaaru.com on Thursday, 14 November 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close