ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

ޑީސީ ފުޓުސަލް ކަޕް 2019 ގެ ފައިނަލަށް ރ އަތޮޅު އަދި ބ އަތޮޅު ޕޮލިސް

ޑީސީ ފުޓުސަލް ކަޕް 2019 ގެ ފައިނަލް މެޗު ކުޅެވޭނީ މިއަދު ހަވީރު

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ނ، ރ، ބ އަދި ޅ  އަތޮޅު ގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި އުނގޫފާރު ގައި މިހާރު ކުރިއަށްދާ “ޑީސީ ފުޓުސަލް ކަޕް 2019” ގެ ފައިނަލްގެ ދެ ޖާގަ ރ އަތޮޅު ޕޮލިސް އަދި ބ އަތޮޅު ޕޮލިސް ހޯދައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ރޭ ނިމުނު އިރު ިރ އަތޮޅު ޕޮލިސް ފައިނަލުގެ ޖާގަ އެއް ހޯދީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބު ކޮށްގެންނެވެ. ރ އަތޮޅު ޕޮލިސް ވަނީ ނ އަތޮޅު ޕޮލިސް 7-2 ން، ބ އަތޮޅު ޕޮލިސް 4-2 ން އަދި އެންޕީޑީ ކޮމްބައިން ޓީމް 4-1 ން ބަލިކޮށް 9 ޕޮއިންޓް ހޯދާފައެވެ. ރ އަތޮޅު ޕޮލިސް ބަލިވީ ގުރޫޕް ސްޓޭޖުގެ ފަހުމެޗުގައި ރޭ ޅ އަތޮޅު ޕޮލިސް އަތުން 4-3 ލަނޑުންނެވެ.

ބ އަތޮޅު ޕޮލިސް ޓީމުވެސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބު ކޮށްގެންނެވެ. މިޓީމުވަނީ މުބާރާތުގައި އެންޕީޑީ ކޮމްބައިން ޓީމް 6-2 ން، ޅ އަތޮޅު ޕޮލިސް 2-0 ން އަދި ނ އަތޮޅު ޕޮލިސް 11-1 ލަނޑުން ބަލިކޮށް 9 ޕޮއިންޓް ހޯދާފައެވެ. ބ އަތޮޅު ޕޮލިސް ބަލިވީ މުބާރާތުގައި މި ޓީމުގެ ފުރަތަމަ މެޗުގައި ރ އަތޮޅު ޕޮލިސް އަތުން 4-2 ލަނޑުންނެވެ.

މިމުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މިއަދު ހަވީރުއެވެ. ފައިނަލްމެޗުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައެވެ.

ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ނ، ރ، ބ އަދި ޅ އަތޮޅުގެ  ފުލުހުންގެ މެދުގައި ބާއްވާ މިމުބާރާތުގެ އިންތިޒާމް ތައް މިފަހަރު ކުރިއަށް ގެންދަނީ އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) ގެ އުފާ ސްޕޯރޓްސް އިން ނެވެ. އަދި މިމުބާރާތުގެ ހުރިހައި މެޗެއް އުނގޫފާރު ޑޮޓް ކޮމްގެ ފޭސްބުކު ޕޭޖުން ލައިވް ކުރާނެއެވެ.

މީދިޔަ އަހަރު 4 ޓީމު ބައިވެރިވި މިމުބާރާތުގައި މިފަހަރު 5 ޓީމު ވާދަ ކުރެއެވެ. 4 އަތޮޅުގެ ފުލުހުންގެ މެދުގައި ކުރިއަށްދާ މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީީމަކީ ޅ. އަތޮޅު ޕޮލިސް ޓީމެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
fanhmi Recent comment authors
fanhmi
Guest
fanhmi

congratulation raa atool and baa attoo

ކިޔާލުން ރަނގަޅު

Close
Close