ޚަބަރުސިއްޙަތު

އާން މުތަންތަނުގައި ދުންބުރުވުމާ ދެކޮޅު ކެމްޕެއިން އުނގޫފާރު ގައި ފަށައިފި

ޕެޓިޝަންގައި ސޮއިކުރުން ފުޓުސަލް ދަނޑުގައި

މުޅި ރާއްޖޭގައި މިހާރު ކުރިއަށްދާ “އާންމު ތަންތަނުގައި ދުންބުރުވުމާއި އަހަރެން ދެކޮޅު” ކެމްޕެއިން އުނގޫފާރުގައި އިއްޔެ ފެށިގެން ކުރިއަށް އެބަދެއެވެ. އިއްޔެ ހަވީރު މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފުޓުސަލް ދަނޑު ކައިރީގައެވެ.

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓުސަލް ދަނޑުގައި މިހާރު ކުރިއަށްދާ “ޑިވިޝަން ކޮމާންޑަރު ފުޓުސަލް ކަޕް 2019” ގެ މެޗުތައް ކުރިއަށް ދާވަގުތު މިޕެޓިޝަންގައި ސޮއިކުރެވޭނެ އިންތިޒާމުވަނީ އެތަނުގައި ހަމަޖެހިފައެވެ.

އިއްޔެ މިހަރަކާތް ކުރިއަށް ދިޔަވަގުތު ގިނަ އަދަދެއްގެ ކުޅުންތެރިންވަނީ މި ޕެޓީޝަންގައި ސޮއިކޮށްފިއެވެ. އަދި ދުންފަތާ ދެކޮޅު ޝިއާރު ފާޅުކޮށް އަޑު އުފުލާފައެވެ.

ދުންބުރުވުމާއި ދެކޮޅު ކެމްޕެއިންގައި ސޮއިކުރުން ކުރިއަށްދަނީ / ފޮޓޯ މުހައްމަދު އިމްރާން (ދަނގަޑޭ)

މިޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް މިއަދުވެސް ކުރިއަށްދާނެއެވެ. އުނގޫފާރު ގައި  މިހަރަކާތް ކުރިއަށްގެންދަނީ އުނގޫފާރު ފޯސްޓަރިންގ އެވެއަނަސް އެސޯސިއޭޝަން (އުފާ) އިންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަތްވެއް Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

ތިޔަ ހުރިހާ ދުމަކައްވުރެން ކުނިގޮނޑުން އަރާދުމުގެ ބަލާވެރިކަން ބޮޑު

Close