ޚަބަރުރ.އަތޮޅު

ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މިއަދު 10 ޖަހާއިރު

ރ އަތޮޅު ކަައުންސިލްގެ މުބާރާތުގައި 11 ރަށަކުން 87 ދަރިވަރުން ކިޔަވާފައިވޭ

ރ އަތޮޅު ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މިއަދު އޮންނާނެއެވެ. މިޖަލްސާ އޮންނާނީ މިއަދު ހެނދު 10 ޖަހާއިރު އުނގޫފާރު ކްލަބް ޔޫތު ސްޓަރ ހޯލުގައެވެ. މުބާރާތުގެ ކިޔެވުން ބޭއްވީވެސް އެމަރުކަޒުގައެވެ.

މިހަފްތާގެ ހޯމަ ދުވަހު ފެށި މިމުބާރާތުގެ ކިޔެވުން އިއްޔެ ހަވީރު ނިމިފައިވާއިރު ރ އަތޮޅުގެ 11 ރަށަކުން 87 ބައިވެރިން މުބާރާތުގައި ކިޔަވާފައިވެއެވެ. ބަލިވމުގެ ސަބަބުން 2 ބައިވެރިއަކު މުބާރާތުގައި ކިޔަވާފައެއް ނުވެއެވެ.މިއަހަރުގެ މުބާރާތުގައި ރ އަތޮޅުގެ މީހުންދިރިއުޅޭ 15 ރަށުގެ ތެރެއިން މުބާރާތުގައި ބައިވެރި ވެފައި ނުވަނީ ވާދޫ، އަނގޮޅިތީމު، މާކުރަތް އަދި ރަސްމާދޫއެވެ.

މައުލޫމާތު ލިބިފައިވާގޮތުން މިއަދުގެ މިޖަލްސާ ޝަރަފްވެރި ކޮށްދެއްވާނީ ލިޓަސްގެ މެނޭޖިން ޑިރެކްޓަރއެވެ.

މިމުބާރާތުގެ ހުރިހައި ދަންފަޅިއެއްގެ ކިޔެވުންވެސް އުނގޫފާރު ޑޮޓްކޮމް ގެ ފޭސްބުކް ޕޭޖުންވަނީ ލައިވްކޮށްފައެވެ. އަދި މިއަދު ބާއްވާ ނަތީޖާ ފާޅުކުރުމުގެ ޖަލްސާވެސް އުނގޫފާރު ޑޮޓްކޮމް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close