ޚަބަރުރ.އަތޮޅު

ޤުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތުންގެ ފަހުރުވެރި ވަނަތަށްމަޑުއްވަރި ހުޅުދުއްފާރު އަދި އަލިފުށި ހޯދައިފި

ޤުރުއާން ކިޔެވުމުގެ ރ އަތޮޅު ކައުންސިލް މުބާރާތް 2019

ރ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ރ އަތޮޅަށް ހުޅުވާލައިގެން  ކުރިއަށްގެންދިޔަ ޤުރުޢާން މުބާރާތުގެ ފަހުރުވެރި ވަނަތައް މަޑުއްވަރި، ހުޅުދުއްފާރު އަދި އަލިފުށި ހޯދައިފިއެވެ.

މި މަހުގެ 18 އިން 20 އަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި މަޑުއްވަރީން ރ އަތޮޅުގެ 11 ރަށަކުން87 ދަރިވަރުން ވަނީ ބައިވެރިވެ ކިޔަވައިފައެވެ.

މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދީ މަޑުއްވަރި އެވެ. ދެވަނަ ހުޅުދުއްފާރު ހޯދިއިރު ތިންވަނަ ހޯދީ އަލިފުއްޓެވެ. ގަދަ ފަހެއްގައި ދެންވާދަކުރީ ކިނޮޅަހާއި އިނގުރައިދޫއެވެ.

އަލިފުށި ތިންވަނަ ހޯދީ ޖުމުލަ 836 މާކްސް ހޯދައިގެންނެވެ. ހުޅުދުއްފާރު 2 ވަނަ ހޯދީ 854 މާކްސް ހޯދައިގެންނެވެ. އަދި މަޑުއްވަރި އެއްވަނަ ހޯދީ 873 މާކްސް ހޯދައިގެންނެވެ.

މުބާރާތުން 1 ވަނަ ހޯދި ރ މަޑުއްވަރި ގެ ބައިވެރިން / ފޮޓޯ: މަޑުއްވަރި އޮންލައިން

މިމުބާރާތުގައި މަޑުއްވަރީގެ 7 ދަރިވަރަކު އެކިވަނަ ތައް ހާސިލްކޮށްފައިވެއެވެ. އެއީ 1 ވަނަ 1 ދަރިވަރު 2 ވަނަ 6 ދަރިވަރުންނެވެ. ދެވަނަ ހޯދި ހުޅުދުއްފާރުގެ 5 ދަރިވަރަކު ވަނީ ވަނަ ހޯދާފައެވެ. އެއީ 2 ދަރިވަަރުން އެއްވަނަ އަދި 2 ދަރިވަރުން 3 ވަނައެވެ. މުބާރާތުގެ 3 ވަނަ ހޯދި އަލިފުށިންވެސް ވަނީ 7 ވަނައެއް ހޯދާފައެވެ. އެއީ 6 ދަރިވަރަކު އެއްވަނަ އަދި 1 ދަރިވަރަކު 2 ވަނައެވެ.

މުބާރާތުގެ ރަށުގެ ވަނަ ދިނުމުގައި ބަލާފައިވަނީ އެރަށަކުން މުބާރާތުގައި ބައިވެރިވެ ކިޔެވިދަރިވަުންނަށް ލިބުނު ޖުމުލަ މާކްސްއަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close