ޚަބަރުސިޔާސީ

އުނގޫފާރު ފޮށިން ކުރިހޯދީ ޝިފާޒް

އެމްޑީޕީ ލީޑަރޝިޕް އިންތިހާބު 2019

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އަދި ވެރިކަންކުރާ މައި ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އުނގޫފާރުގައިވެސް މިއަދު ކުރިއަށް ގޮސްފައިވެއެވެ.

އެމްޑީޕީގެ ރައީސްކަމަށް ވާދަކުރެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. މިއީ އެމަނިކުފާނު އެ މަގާމަށް ވާދަކުރައްވި ދެ ވަނަ ފަހަރެވެ. ނައިބްރައީސް ކަމަށް ވާދަކުރެއްވީ މުހައްމަދު އަސްލަމް އާއި މިހާރުވެސް އެމަޤާމުގައި ހުންނެވި މުހައްމަދު ޝިފާޒްއެވެ.

އުނގޫފާރު ގައި ބެހެއްޓި ފޮށްޓަށް 44 މީހުން ވޯޓު ލާފައިވާއިރު ނައިބްރައީސްގެ އިންތިހާބުގައި މުހައްމަދު ޝިފާޒް 32 ވޯޓު ހޯއްދެވިއިރު މުހައްމަދު އަސްލަމަށް ލިބިލެއްވީ 8 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 4 އެވެ.

އެމްޑީޕީގެ ރައީސްގެ އިންތިހާބުގައި އުނގޫފާރު ފޮށިން ރައީސް މުހައްމަދު ނަޝީދުއަށް ލިބިލެއްވީ 35 ވޯޓެވެ. ނުފެންނަ ކަމަށް 5 ވޯޓު ލާފައިވާއިރު 4 ވޯޓު ވަނީ ބާތިލުވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Badhavi Recent comment authors
Badhavi
Guest
Badhavi

Asthaa mi vee kihineh? Nimi dhiya 2 inthihaabugai MDP rangalhu kaamiyaabeh joashaai foareega hoadhamun ais mifaharu enmme 44 meehun vote lumakee varah ladhu kameh. Anehkka MDP ungoofaaru in oveneetha?

Close