ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅުވިޔަފާރި

ރ އަތޮޅުގެ ރިސޯޓް ތަކާއެކު ބާއްވާ މަހާސިންތާ ބުރާސްފަތި ދުވަހު އުނގޫފާރު ގައި ބާއްވަނީ

ބައްދަލުވުމުގެ ބައިވެރިންނަށް މަރުހަބާ ކިއުމަށް އުނގޫފާރު ތައްޔާރު ވަނީ

ރ އަތޮޅުގެ ރިސޯޓްތަކުގެ ވެރިންނާއި ރ އަތޮޅުގެ ކައުންސިލްތަކާއެކު ބާއްވާ ބޮޑު ބައްދަލުވުން ބުރާސްފަތި ދުވަހު އުނގޫފާރު ގައި އޮންނާނެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އިން އިންތިޒާމު ކޮށްގެން ބާއްވާ މިބައްދަލުވުން ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން އެރޭގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މިބައްދަލުވުގައި ޓޫރިޒަމް މިނިސްޓްރީގެ ވެރިންނާއި ރ އަތޮޅުގެ 15 ރިސޯޓަކާއި ރަށްރަށުގެ ރަށު ކައުންސިލްތަކާއި ރ އަތޮޅުކައުންސިލްގެ އިތުރުން އުނގޫފާރުގައި ހުރި ދައުލަތުގެ މުވައްސަސާތަކުން މަންދޫބުން ބައިވެރިވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިބައްދަލުވުމުގެ ބޭނުމަކީ ރިސޯޓުތަކުގެ ސީއެސްއާރު ޕްރޮގްރާމްތަކުގެ ތެރެއިން ކައުންސިލްތަކަށް ވެދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރަކުރުމެވެ.
ރިސޯޓް ތަކުގެ ވެރިންނަށާއި ރަށުކައުންސިލްތަކާއި މިނިސްޓްރީގެ ވަފްދަށް މަރުހަބާ ކިއުމަށް ތައްޔާރު ވުމުގެ މަސައްކަތްތައް މުވައްސަސާ ތަކުން ގުޅިގެންވަނީ ފަށާފައެވެ. އެގޮތުން މާދަމާ ހެނދުނު ބަނދަރު ސަރަހައްދުން ދިދަ ޖެހުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުގެ ކަންކަން އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެޑްވާންސް ޓީމު މިއަދު ހަވީރު އުނގޫފާރަށް އައުމަށްވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close