ޚަބަރުރ.އަތޮޅު

ޓޫރިޒަމް މިނިސްޓްރީން ރ އަތޮޅުގެ ރިސޯޓުތަކާއެކު ބާއްވާ މަހާސިންތާއަށް އުނގޫފާރު ޒީނަތްތެރި ކުރުމުގެ މަސައްކަތް ފޯރީގައި ކުރިއަށް

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމު ކޮށްގެން ރ އަތޮޅުގެ ރިސޯޓުތަކާއެކު އުނގޫފާރު ގައި ބާއްވާ މަހާސިންތާއަށް އުނގޫފާރު ޒީނަތްތެރި ކުރުމުގެ މަސައްކަތް ފޯރީގައި ކުރިއަށްއެބަދެއެވެ.
އުނގޫފާރުގެ މުވައްސަސާތައް ގުޅިގެން ކުރިއަށްގެންދާ މިމަސައްކަތް ފެށިފައިވަނީ މިއަދު ހެނދުނުއެވެ. މުއައްސަސާތަކުން މިކަމަށް ކަންޑައެޅި މުވައްޒަފުން ވަނީ ހެނދުނު 8 ޖެހިއިރު ނިކުމެ މަސައްކަތް ފަށާފައެވެ. މިމަސައްކަތުގައި ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ރ އަތޮޅު ކައުންސިލް، އުނގޫފާރު މެޖިސްޓްރޭޓް ކޯޓް އަދި އުނގޫފާރު ކައުންސިލްގެ މުވައްޒަފުން ދަނީ ބައިވެރިވެ މަސައްކަތް ކުރަމުންނެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ އުނގޫފާރު ކައުންސިލްއެވެ.
މިގޮތުން މިއަދު ފުރަތަމަ ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށާފައިވަނީ އުނގޫފާރު ބަނދަރު ސަރަހައްދުންނެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close