ކުޅިވަރު

ޑީސީ ކަޕް ވޮލީ މުބާރާތުގެ ފައިނަލްގައި މިއަދު ހަވީރު ރ އަތޮޅު އަދި ޅ އަތޮޅު ޕޮލިސް

މިއަދުގެ ފައިނަލްމެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު16:30 ގަ

ނޯތު ޕޮލިސް ޑިވިޝަންގެ 4 އަތޮޅު ގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި ވެލިދޫގައި ކުރިއަށްދާ “ޑީސީ ކަޕް ވޮލީ މުބާރާތް 2019” ގެ ފައިނަލްގެ ދެ ޖާގަ ރ އަތޮޅު ޕޮލިސް އަދި ޅ އަތޮޅު ޕޮލިސް ޓީމު ހޯދައިފިއެވެ.
ރ އަތޮޅު ޕޮލިސް ޓީމު ފައިނަލްގެ ޖާގަ ހޯދީ މުބާރާތުގައި ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގެ އެއްމެ ފަހުގެ ޗެމްޕިއަން ޅ އަތޮޅު ޕޮލިސް ޓީމް ފައިނަލްގެ ޖާގަ ހޯދީ މުބާރާތުގައި ކުޅުނު 4 މެޗުވެސް ކާމިޔާބު ކޮށްގެންނެވެ.
މިއަދުގެ ފައިނަލްމެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ. މިމެޗުވެސް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މިމުބާރާތުގައި ގުރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗު ވާދަވެރި ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބުކުރީ ޅ އަތޮޅު ޕޮލިސް ޓީމެވެ. ޅ އަތޮޅު ޕޮލިސް ޓީމު ސެޓް ތައްކާމިޔާބު ކުރި 25-23 އަދި 27-25 ން ނެވެ. މިދެޓީމް ބައްދަލުކުރި ފޯރިގަދަ މެޗުގެ ފޭސްބުކް ލައިވް ވީޑިއޯ ބައްލަވާލެއްވުމަށް

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close