ކުޅިވަރު

ޑީސީ ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޅ އަތޮޅު ޕޮލިސް ހޯދައިފި

މިއީ ޅ އަތޮޅު ޕޮލިސް މިމުބާރާތް ކާމިޔާބު ކުރި 2 ވަނަ ފަހަރު

ނޯތު ޕޮލިސް ޑިވިޝަންގެ 4 އަތޮޅު ގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި ވެލިދޫގައި ކުރިއަށްދިޔަ “ޑީސީ ކަޕް ވޮލީ މުބާރާތް 2019” ގެ ޗެމްޕިއަންކަން ޅ އަތޮޅު ޕޮލިސް ޓީމު ހޯދައިފިއެވެ. ޅ އަތޮޅު ޕޮލިސް ޓީމު ޗެމްޕިއަންކަން މި ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ރ އަތޮޅު ޕޮލިސް ޓީމުގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.
ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ސެޓު ޅ އަތޮޅު ޕޮލިސް ކާމިޔާބުކުރީ 25 -21 އިންނެވެ. ވިއްސާރަވުމުން ކުޑައިރުކޮޅެއްގެ މެދުކެންޑުމަކަށް ފަހު ކުޅުނު ދެވަނަ ސެޓް ކާމިޔާބު ކުރީ 25-18 އިންނެވެ. ފޯރިގަދަ އަދި ނޭވާ ހިފަހައްޓާލަން ޖެހުނު 3 ވަނަ ސެޓު ރ އަތޮޅު ޕޮލިސް ޓީމުން ކާމިޔާބުކުރީ 33-31 ޕޮއިންޓުންނެވެ.
މެޗުގެ ހަތަރުވަނަ ސެޓް ޅ އަތޮޅު ޕޮލިސް ޓީމުން ފަސޭހަ ކަމާއެކު ކާމިޔާބުކުރީ 25 – 17 އިންނެވެ.
މިއީ މިމުބާރާތް ޅ އަތޮޅު ޕޮލިސް ޓީމުން ކާމިޔާބުކުރި 2 ވަނަ ފަހަރެވެ.
މިމުބާރާތުގައި ރ އަތޮޅު ޕޮލިސް ޓީމުން ކުރި ހިތްވަރާއި ދެއްކި ކުޅުމަށް ހަމައައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. އަދި ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދި ޅ އަތޮޅު ޕޮލިސް ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ފައިނަލްމެޗުގެ ފޭސްބުކް ލައިވް ވީޑިއޯ

ފައިނަލްމެޗުގެ ދެވަނަ ބައިގެ ފޭސްބުކް ލައިވް ވީޑިއޯ

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close