ޚަބަރުރ.އަތޮޅު

މާލެއިން އުނގޫފާރަށް އައި ބޯއްޓަކުން ގިނައަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ދެމީހުން ހައްޔަރުކޮށްފި

މިއަދު މާލެއިން އުނގޫފާރަށް އައި ބޯއްޓަކުން ގިނައަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ދެމީހުން ހައްޔަރުކޮށްފިއެވެ.
އުނގޫފާރު ބަނދަރު ސަހަރައްދުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި މިއަދު ހެނދުނު މާލެއިން އުނގޫފާރަށް ދަތުރުކުރި ރަހުމަތުﷲ ބޯއްޓުން މަސްތުވާތަކެތި އުފުލާ ކަމުގެ މައުލޫމާތު ލިބުމާގުޅިގެން އެބޯއްޓުން ދަތުރުކުރި ފުލުހަކު ދިޔައީ މަސްތުވާތަކެތި އަޅާފަހުރި ފޮށިގަނޑަށް ފާރަލަމުން ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ބޯއްޓު މާލެއިން އުނގޫފާރަށް އައިސް ބައެއް މުދާ ބޭލުމަށްފަހު ހުޅުދުއްފާރަށް ގޮސް ހުޅުދުއްފާރުން އުނގޫފާރަށް އައުމުން މިރޭ 21:15 ހާއިރު ފޮށިގަނޑު ގެނައިފަރާތުން ފޮށިގަނޑު ބަލާ އައުމުން ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންވަނީ އެދެމީހުން ކުރިމަތީ ފޮށިގަނޑު ކަނޑާ އޭގައިހުރި މަސްތުވާތަކެތި ބަންދުކޮށްފައިވާ ޕެކެޓުތައް ނަގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރު ކޮށްފައިވަނީ 37 އަހަރާއި 38 އަހަރުގެ މާކުރަތު މީހަކާއި އުނގޫފާރު މީހެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
މުޙައްމަދު Recent comment authors
މުޙައްމަދު
Guest
މުޙައްމަދު

މި ފަހަކަށް އައިސް ފުލުހުން މަސްތުވާތަކެތި އަތުލައިގަތްކަމަށް ޚަބަރުގައި ނުއޮންން ދުވަހެއް ނާދޭ. އެހެނަސް މި ސާމާނު މަދުވާކަމަކަށް ނުވޭ.
އަޞްލު ސަބަބު އެނގެނީ ވ މަދު މީހަކަށް. އަޞްލަކީ މަސްތުވާތަކެތީގެ ޤާނޫނު ދޯޯޯޯޯޯޯޯޯޯޯޯޯހަޅިކަމުން

Close