ޚަބަރު

އެއިޑްސް ދުވަހާއި ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް މިއަދު ހަވީރު އުނގޫފާރުގައި ބާއްވަނީ

ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭ އެއިޑްސް ދުވަހާއި ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތް ތަކެއް މިއަދު ހަވީރު އުނގޫފާރުގައި އޮންނާނެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން އިސްނަގައިގެން ކުރިއަށް ގެންދާ މިހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އުނގޫފާރު ބަނދަރުގެ ސްޓޭޖް ސަރަހައްދުންނެވެ. ސްޓޭޖު ސަރަހައްދުން ފަށާ މިހަރަކާތް ނިންމާލާނީ ރަށުގެ ބޮޑުމަގު (އަމީނީމަގު) ގޮސް ފުޓުބޯޅަ ދަނޑަށްގޮސް ދަނޑުގައި ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފަހުގައެވެ.
މިހަރަކާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެލެއްވުމަށް ޕަބްލިކް ހެލްތު ޔުނިޓުން އެދިލައްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close