ޚަބަރުރ.އަތޮޅުސިޔާސީ

ރ އަތޮޅުގެ ރައީސް ކަމަށް – އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރަން ނިންމިކަން އަލީ ޝާހިދު އިއުލާނުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ބޭނުންވާ އެމްޑީޕީގެ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވާން ނިންމާފައިވާ ކަން އަލީ ޝާހިދު އިއުލާނުކޮށްފިއެވެ. އަލީޝާހިދު ރަސްމީކޮށް މިކަން އިއުލާނުކުރީ ރޭ އުނގޫފާރުގައި އެމްޑީޕީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ރޭ 22:00 ގައި ބްރޭކް ޑައުން ކެފޭގައި މިކަމަށް ކޮފީ އަކާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަލީޝާހިދު ވިދާޅުވީ ރ އަތޮޅުގެ ރައްޔިތުންނާއި އެކު މިހާރުވެސް ވަރަށް ގާތްގުޅުމެއް އެބައޮތްކަމަށާއި ބޭނުންވަނީ ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ފުޅާކޮށް ބަދަހިކުރުމަށް ކަމަށެވެ.
ރ އަތޮޅު ކައުންސިލްގެ ރައީސްކަން މިހާރުވެސް ކުރައްވަމުން ގެންދަވާ އަލީ ޝާހިދު ވިދާޅުވީ ރ އަތޮޅުގެ ވެރިކަންކުރާ ރަށުގައި ރަސްމީކޮށް ކެމްޕެއިން އިއުލާނުކުރުމަކީ އެބޭފުޅާއަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށާއި ފާއިތުވެ މިދާ 6 އަހަރު އުނގޫފާރުގައި ހޭދަކުރެވުނު ދުވަސްތަކަކީ ވަރަށް އުފާވެރި ހިތްހަމަޖެހޭ ދުވަސް ތަކެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރ އަތޮޅުގެ އެހެން ރަށްތަކުގައިވެސް ބައްދަލުވުންތައް ބާއްވާ ކެމްޕެއިން ފޯރިޔާއެކު ގެންދާނެކަމަށެވެ. އަދި ފާއިތުވެ މިދާ 6 އަހަރު ދުވަހު އުނގޫފާރުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ލޯތްބައި އެއްބާރުލުމާއި އެހީތެރިކަމާށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.
މިބައްދަލުވުމުގައި ރ އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން އުނގޫފާރު އެމްޑީޕީގަ އިސްކޮށް މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.
އަލީ ޝާހިދަކީ ރ އަތޮޅު ކައުންސިލަށް އަލިފުށީ ދާއިރާއިން އިންތިހާބުވެ ވަޑައިގެން މެމްބަރެވެ. ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއެކު ރ އަތޮޅު ކައުންސިލްގެ ރަޢިސް ދެން އިންތިހާބު ކުރާނީ މުޅި އަތޮޅުގެ ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close