ކުޅިވަރު

ކައުންސިލް މެމްބަރު ޝާހީން ބާއްވާ ފުޓުސަލް މުބާރާތް މާދަމާ ހަވީރު ފަށަނީ

ރ އަނގޮޅިތީމު

ރ އަނގޮޅިތީމުގެ ކައުންސިލް މެމްބަރު މުހައްމަދު ޝާހީން އަނގޮޅިތީމު ޒުވާނުންނަށް ބާއްވާ ފުޓުސަލް މުބާރާތް މާދަމާ ހަވީރު ފެށޭނެއެވެ. 4 ޓީމު ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ރ އަނގޮޅިތީމު ފުޓުސަލް ދަނޑުގައި 6 ޑިސެމްބަރު 2019 އިން 15 ޑިސެމްބަރ 2019 އެވެ.
މިމުބާރާތް ކުރިއަށްދާނީ މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލް ގައި ވާދަކުރާގޮތަށެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަ ތަކަކީ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާ ގެ އިތުރުން ރަނަރަޕް ޓީމް އަދި ޗެމްޕިއަންޓީމެވެ.
އަނގޮޅިތީމުގެ ޒުވާނުންގެ އެހީތެރިކަމާއެކު ކުރިއަށްދާ މިމުބާރާތުގައި ވާދަކުރާ 4 ޓީމަކީ އެފްސީ ޗިންޗިކި، އެފްސީ ރާކަނި، އެފްސީ ފިޝް އަދި އެފްސީ އޮކްޓޮޕަސްއެވެ.
މިމުބާރާތުގެ ފައިނަލްމެޗު އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close