ޚަބަރު

އެންމެންގެ ސާފިޔަތަށް، އެންމެންގެ އެހީ ބޭނުންވެފައި!

ކެންސަރު ބަލީގެ ޝިކާރައަކަށްވެ އަޑުފޮށިވެސް ނަގާފައިވާ ރ. އުނގޫފާރު، ސީނުގެ، ސާފިޔަތު އަބްދުއްރަހީމުގެ ބޭސްފަރުވާ އަށް ފައިސާ ހޯދުމުގެ ގޮތުން މާދަމާ ފަންޑް ރައިސިން އިވެންޓެއް ބޭއްވުމުށްވަނީ ހަމަޖެހިފައެވެ.

7 ޑިސެމްބަރ 2019 ވާ ހޮނިހިރު ދުވަހުގެ(މާދަމާ) ހަވީރު 04:15 ގައި އުނގޫފާރުގެ ކޮމިއުނިޓީ ސެންޓަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓް އިންތިޒާމު ކުރަނީ އައިޝަތު ސުފައިލާ އާއި، ފާތިމަތު ޝިމްލާ އާއި، މަރިޔަމް އީސާގެ އިސްނެގުމުގެ މަތިންނެވެ.

މީގެ ކުރިންވެސް އުނގޫފާރުގައި އިންތިޒާމު ކުރި ގިނަ ފަންޑް ރައިސިންގ ގެ އިވެންޓް ތަކެއް ކާމިޔާބު ކަމާއިއެކު ކުރިޔަށްގެންގޮސްދިނުމުގައި އެހީތެރިވެދީފައިވާ ސުފައިލާ މައުލޫމާތު ދިން ގޮތުގައި މާދަމާގެ އިވެންޓްގައި ތަފާތު އެކިވައްތަރުގެ ހެދިކާ އާއި ކާނާ ލިބެންހުންނާނެއެވެ. އަދި ވީހާވެސް ގިނަ ބަޔަކު އިވެންޓްގައި ބައިވެރިވެ، ސާފިޔަތަށް އެހީތެރިވެދިނުމުގައި ބައިވެރިވުމަކީ އިންތިޒާމް ކޮމެޓީއާއި ސާފިޔަތުގެ އާއިލާ ގެ ވަރަށް ބޮޑު އެދުމެކެވެ.

ހިތްހެޔޮކަމާއި އެންމެނާއިވެސް އެކުވެރި ގުޅުމެއްބާއްވާ ސާފިޔަތު މިވަގުތު އޮތީ އިންދުރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކޮށް، ތިޔަފަރާތްތަކުގެ ދީލަތި އެހީފުޅަށް ނުހަނު ބޭނުންވެފައެވެ. ސާފިޔަތަށް މާލީ ގޮތުން އެހީތެރިކަން ފޯރު ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިއެވާ އެކައުންޓް ނަންބަރަށް ފައިސާ ފޮނުއްވޭނެއެވެ.

Account Name: Saafiyath Abdul Raheem
Account Number: 7717465325101

މި އިވެންޓާއި ބެހޭ އެއްވެސް މަައުލޫމާތެއް ބޭނުންފުޅުވާނަމަ ސުފައިލާ (7700430) އާއި ގުޅުއްވުން އެދެމެވެ.

އުނގޫފާރު ޑޮޓްކޮމްގެފަރާތުންނާއި އުނގޫފާރުގެއެންމެންގެ ފަރާތުން ސާފިޔަތަށް އަވަސް ޝިފާއަކަށް އެދެމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close