ރަށު ކުޅިވަރުކުޅިވަރު

ކްލަބު ޔޫތު ސްޓަރ އިން ކުރިއަށްގެންދާ ފުޓުބޯޅަ ކޯޗިންކޭމްޕް ފެށިގެން ކުރިއަށް

މިއީ ކުލަބު ޔޫތު ސްޓަރ އިން ބާއްވާ 5 ވަނަ ކޭމްޕް

ރ އުނގޫފާރު ކުލަބް ޔޫތު ސްޓަރ އިން ކުރިއަށްގެންދާ، އެކުލަބުގެ 5 ވަނަ ފުޓްބޯޅަ ކޯޗިން ކޭމްޕް ފެށިގެން ކުރިއަށް އެބަދެއެވެ. މި ކޯޗިން ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ ހަވީރު 16:00 ގައި ކްލަބް ޔޫތު ސްޓަރގެ ހޯލުގައެވެ.
މިރަސްމިއްޔާތުގައި ކްލަބް ޔޫތު ސްޓަރ ގެ އިސްވެރިންގެ އިތުރުން ފުޓުބޯޅާގައި އުނގޫފާރުގެ ލެޖެންޑުން ގޮތުގައި ފާހަގަކުރެވޭ ފަރާތްތަކާއި ކޭމްޕްގައި ބައިވެރިވި ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރި ވިއެވެ.
މިރަސްމިއްޔާތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ވަނީ މިކަމައި ގުޅޭ ސިއްހީ މައުލޫމާތުވެސް ބައިވެރިން ނަށް ދީފައެވެ. އަދި އުނގޫފާރު ޕޮލިސްގެ ފަރާތުންވެސް ބައިވެރިންނަށް ވަނީ ވަރަށް އަގުހުރި މައުލޫމާތު ހިއްސާކޮށް ކޭމްޕް ކުރިއަށްދާއިރު ބަސްއަހައިގެން އުޅުމަށް ނަސޭހަތްތެރިވެ ދީފައިވެއެވެ.
އުމުރުން 6 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްދާ މިކޭމްޕްގައި ކުޅުންތެރިންނަށް އިރުޝާދު ދެއްވަނީ ރާއްޖޭގެ މަޝްހޫރު ކޯޗް އިބްރާހީމް ހަލީމް (ޖަޑާ) އެވެ. 3 ހަފްތާކެ މުއްދަތައް ކުރިއަށްދާ މިކޭމްޕްގައި ޖެދިންސުގެ ސަތޭކައަށްވުރެ ގިނަ ކުދިން ބައިވެރި ވެފައިވާ ކަމަށް ޔޫތު ސްޓަރ އިން މައުލޫމާތުދެއްވައެވެ.
ކޭމްޕްގެ ސެޝަންތައް ހެދުނާއި ހަވީރު އަދި ރޭގަނޑުވެސް ކުރިއަށް ދެއެވެ.
ކޭމްޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުންވަނީ ލައިވް ކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close