ޚަބަރުރ.އަތޮޅުސިޔާސީ

މަޖިލިސް ހާޒިރީން މިފަހަރުވެސް ވައްޑޭ އަށް 100 ޕަސެންޓް

ރައްޔިތުންގެ މަޖިލިސް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ހުރިހައި ޖަލްސާއަކަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހިމެނިއްޖެ އެވެ. މަޖިލީހުގެ މިދައުރަކީ ރައްޔިތުންނާާއި ގުޅުންހުރި މުހިންމު ބިލްތަކެއް ފާސްކުރެވި ސަރުކާރު ހިންގުމާއި ދައުލަތުގެ ބާރުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ދައުރެކެވެ.

19 ވަނަ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި 33 ޖަލްސާއެއް ބާއްވާފައިވާއިރު ހުރިހައި ޖަލްސާ އަކަށްވެސް މުހައްމަދު ވަހީދު ވަނީ ވަޑައިގެންފައެވެ.

ރ އަތޮޅުގެ ފަސް މެމްބަރުންގެ ތެރެއިން ހުރިހައި ޖަލްސާއަކަށް ހާޒިރުވެ ވަޑައިގަތީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު ގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދުއެވެ. އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވަނީ ޖެހިޖެހިގެން ތިން ޖަލްސާއަށް ސަލާމްވިދާޅުވެފައެވެ. އަދި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވަނީ ޖެހިޖެހިގެން ދެ ޖަލްސާއަށް ސަލާމް ވިދާޅުވެފައެވެ.

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފްގެ ހާޒިރީއަށް ބަލާލާއިރު، އެބޭފުޅާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ދަތުރުފުޅަކާއި ގުޅިގެން ތިން ޖަލްސާއަށް ހާޒިރުވެ ވަޑައިނުގެންފައެވެ. ނަމަވެސް ދައުރުގެ ބާކީ ޖަލްސާތަކަށް އެބޭފުޅާ ވަނީ ވަަޑައިގެންފައެވެ.

މަޖިލީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފަހު ދައުރުގައި ރަސްމީ ދަތުރުތަކުގައި އެންމެ ގިނައިން އުޅުއްވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިނާއި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވި  ދ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close