ރ.އަތޮޅުކުޅިވަރު

އެޗް އެސް ސީ ފުޓުސަލް ކަޕްގެ ފައިނަލް މެޗު އުނގޫފާރު ޑޮޓްކޮމް އިން މިރޭ ލައިވްކުރަނީ

އެޗް އެސް ސީ ފުޓުސަލް ކަޕް 2019

ރ. ހުޅުދުއްފާރު، ހުޅުދުއްފާރު ސްޕޯރޓްސް ކްލަބުން ކުރިއަށްގެންދާ “އެޗް އެސް ސީ ފުޓުސަލް ކަޕް 2019” ގެ ފައިނަލް މެޗު އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން މިރޭ ލައިވްކުރާނެއެވެ. މިރޭ ހުޅުދުއްފާރު ފުޓްސަލް ގްރައުންޑްގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.

މިމުބާރާތުގެ ފައިނަލްގައި މިރޭ އެއްކޮޅުން ވާދަކުރަނީ އުނގޫފާރުގެ ދެކުޅުންތެރިން ކަމަށްވާ މުއީން އާއި ރިމާޒް ކުޅެމުންދާ އިފުރު ސްޕޯރޓްސް ކްލަބެވެ. ފައިނަލްގައި ވާދަކުރަ އަނެއްޓީމަކީ ހުޅުދުއްފާރު ލިނަކް އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިމުބާރާތުގައި މުއީން އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން މިރޭގެ ފައިނަލްމެޗުގައި މުއީން ނުފެނުނުނަވެސް އިންޖަރީގައި ހުރި ރިމާޒް މިރޭގެ މެޗުން ފެންނާނެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close