ޚަބަރުރ.އަތޮޅުވަޒީފާ

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި – ށ، ނ، ރ، ޅ އަދި ކ އަތޮޅުގެ ޒުވާނުންނަށް ރަނުގެ ފުރުސަތެއް

ށ، ނ، ރ، ޅ އަދި ކ އަތޮޅުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފަހަރު މިހުޅުވާލި ފުރުސަތުގައި ށ، ނ، ރ، ޅ އަދި ކ އަތޮޅުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މުސާރައާއި އެހެނިހެން ޢިނާޔަތްތަކުގެ ގޮތުގައި މަހަކު  -/11،810 ރުފިޔާ ލިބޭނެއެވެ. މުސާރަ ބެހިގެންވާ ގޮތަށް ބަލާއިރު އަސާސީ މުސާރައިގެ ގޮތުގައި  -/4،650 ރުފިޔާ ލިބޭނެއެވެ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/5,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (-/1،860 ރުފިޔާ) އާއި ޔުނީފޯމް އެލަވަންސްގެ ގޮތުގައި މަހަކު -/300 ރުފިޔާ ލިބޭނެއެވެ.

އަދިމި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2020 ފެބްރުއަރީ 20 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެއެވެ. އަދި މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close