ޚަބަރު

އައިނާއަށް އެހީ ހޯދުމަށް އާއިލާއިން ޙާއްސަ އިވެންޓެއް ބާއްވަނީ!

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުންދާ ރ.އުނގޫފާރު، ދިރޭލާލުގެ، އުމުރުން 4 އަހަރުގެ އައިޝަތު އައިނާ ބިންތު އަލީ ރަޝީދުގެ ފަރުވާއަށް އެހީ ހޯދުމަށް ޢާއިލާގެ ފަރާތުން ޙާއްސަ އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.

މި އިވެންޓު އޮންނާނީ 15 ޑިސެމްބަރުވާ އާދިއްތަ ދުވަހު ހެނދުނު 9:00 އިން ހަވީރު 17:00 އަށް އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ދެކުނަށް އޮންނަ ހުސް ބިމުގައެވެ. މި އިވެންޓުގައި ހެނދުނުގެ ނާސްތާ އާއި، މެންދުރުގެ ކެއުމާއި އަދި ހަވީރު ސަޔަށް ބޭނުންވާނެ އެކި ކަހަލަ ކާބޯތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުގައި ޕިއްޒާ، ސަބްމެރިން، ރޯސްކުރި ކުކުޅު، ސަވަރުމާ އަދި މިހެންގޮސް ތަފާތު އެކި ބާވަތުގެ ރަހަމީރު ކާބޯތަކެތީގެ ބާއްވަތްތައް ލިބެން ހުންނާނެ ކަމަށް އައިލާއިން މަޢުލޫމާތުދެއެވެ.

އާއިލާއިން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި އިވެންޓު ކުރިއަށް ދާއިރު ފައިސާގެ އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ފަންޑު ފޮއްޓެއްވެސް ބަހައްޓާފައި ހުންނާނެއެވެ. އަދި މި އިވެންޓަށް ކާ އެއްޗެހި ހާދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މި އިވެންޓަށް ކާ އެއްޗެއްހި ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 9727772 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދެއެވެ.

އައިނާއަށް ފަރުވާ ދެމުން ދަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައެވެ. އައިނާގެ ފަރުވާއަށް އާއިލާއިން 6 މަސް ދުވަހު އިންޑިއާގައި ހޭދަކޮށްފައި ވާ އިރު އިތުރު 6 މަސް ދުވަހު އިންޑިއާގައި މަޑު ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން މިހާރު ވަނީ ބުނެފައެވެ.

އައިނާއަށް އެހީވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓު ނަމްބަރަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ.

7730000112646 (USD) – އަލީ ރަޝީދު

7717333500001 (MVR) – އަލީ ރަޝީދު

އުނގޫފާރު.ކޮމް ގެ ފަރާތުން އައިނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ޢާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ދުޢާކުރަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close