ޚަބަރުސިއްޙަތު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕްރޮގްރާމެއް ފަށަނީ

ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެރޭ 20:30 ގަ

ސްމޯކިން ސެޒޭޝަން ޕްރޮގްރާމް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން ހިންގާ ހާއްސަ ޕްރޮގްރާމެއްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މާދަމާ 18 ޑިސެމްބަރު 2019 އިން ފެށިގެން 22 ޑިސެމްބަރު 2019 ގެ ނިޔަލަށެވެ. މިޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓަށް ވަޑައިގެން ރެޖިސްޓްރީ ކުރަންޖެހެއެވެ.

މިޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެރޭ 20:30 ގައެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލަށްވާ ފަރާތްތަކުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓާއި ގުޅުއްވައިގެން (7902564 އަދި 7881696 ނަމްބަރު ފޯނާއި) ކުރިއަށް ގެންދެވުމަށް އެފަރާތްތަކުން އެދިލައްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close