ޚަބަރުރ.އަތޮޅު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރުގެ މަޤާމަށް ޒަޔާން އައްޔަންކޮށްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރަކަށް އިބްރާހިމް ޒަޔާން، ކުދިފޭރުވާދީ، ރ.އުނގޫފާރު އައްޔަންކޮށްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތު ސާވިސެސްގެ މަޤާމަށް ޒަޔާން އައްޔަންކޮށްފައި ވަނީ މިއަދުއެވެ. މިވަގުތު އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ މެނޭޖަރު ކަމުގެ މަޤާމުގައި ހުރި ޒަޔާން ވަނީ މީގެ ކުރިން ރ.އަތޮޅު ކައުންސިލްގައި އުނގޫފާރު ދާއިރާ ތަމްސީލްކޮށްފައެވެ. މީގެ އިތުރުން ޒަޔާންއަކީ އުނގޫފާރުގައި ޤާއިމްވެފައިވާ އެންޖީއޯއެއް ކަމުގައިވާ އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) ގެ ރައީސްއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ކަމުގެ މަޤާމަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅަވިޔަނީގެ ދަށުން ރައީސުލް ޖުމްހުރިއްޔާގެ މަޤާމުގެ ވާޖިބުތަކާ މައްސޫލިއްޔަތު އުފުއްލެވުމުގެ ގޮތުން ރައީސުލް ޖުމްހުރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައިވާ ސިޔާސީ މަޤާމެކެވެ. މި މަޤާމުގެ މައިގަނޑު މައްސޫލިއްޔަތަކީ ސަރުކާރުގެ ސިއްޙަތާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމާއި ހިންގުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close