ކުޅިވަރު

ފައިނު ސްޕޯޓްސް ފެސްޓިވަލްގައި ހިމެނޭ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ގާލެންޑޯ ހޯދައިފި

މި މެޗުގައި ޖަހާފައިވާ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޖާޒީ ނަންބަރު 11 ޢަލީ އުނައިސް

ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވާސް (ފޭސް ޖަމިއްޔާ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ފައިނު ސްޕޯޓްސް ފެސްޓިވަލް 2019 ގައި ހިމެނޭ ފޭސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ގާލެންޑޯ ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅެވުނު މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލުކުރީ ބީޗް ފޯސް އާއި ޓީމް ގާލެންޑޯއެވެ. މިމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ޓީމް ގާލެންޑޯއެވެ. މި މެޗުގައި ޖަހާފައިވާ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޓީމް ގާލެންޑޯގެ ޖާޒީ ނަންބަރު 11 ޢަލީ އުނައިސްއެވެ. ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޓީމް ގާލެންޑޯގެ ޖޯޒީ ނަންބަރު 21 ޝަމްއޫން އިލްޔާސްއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ބީޗް ފޯސްގެ ޢަބްދުލް ޙަންނާން ހޮވިފައިވާއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ޑީވީޑީ ފޯސްގެ އިބްރާހީމް ޝާހްއެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކަށް ބީޗް ފޯސްގެ މައުމޫން ޢަބްދުލް ރަޙީމް ހޮވިފައިވާއިރު އެންމެ މޮޅު ފޯވާޑަކަށް ހޮވިފައިވަނީ ބީޗް ފޯސްގެ ޙުސައިން އާދަމްއެވެ.  މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ މަޤާމް ބީޗް ފޯސްގެ އަޙްމަދު އިނާހް ހޯދާފައިވާއިރު، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ގާލެންޑޯ ޓީމްގެ ޢަލީ އުނައިސްއެވެ.

އަލީ އުނައިސް އަކީ އުނގޫފާރު އެފްސީގެ މެދުތެރެ ބެލެހެއްޓުމުގެ މައިތަނބެވެ. މިމުބާރާތުގައި އަލީ އުނައިސް ދެއްކި މޮޅު ކުޅުމަށާއި ހޯދި ކާމިޔާބީއަށް އުނގޫފާރު ޑޮޓްކޮމްގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ.

ފައިނު ސްޕޯޓްސް ފެސްޓިވަލް 2019 ގައި ހިމެނޭ ފޭސްކަޕް ފުޓުބޯޅަ މުބާރާތް އިއްޔެ ނިމިފައިވާއިރު، މިފެސްޓިވަލުގައި ހިމެނޭ ފޭސްކަޕް ވޮލީ މުބާރާތް އަދި ފޭސް ކާނިވާސް ޗެލެންޖް 23 ޑިސެންބަރު ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މި ދެ މުބާރާތުގައިވެސް ވާދަކުރާނީ ބީޗް ފޯސް، ގެލެކްސީ، ޑީވީޑީ ފޯސް އަދި ގާލެންޑޯއެވެ.

ފައިނު ސްޕޯޓްސް ފެސްޓިވަލަކީ ރ. ފައިނުގައި މިހާތަނަށް މުޅިން އަލަށް ކުރިއަށް ގެންދެވޭ ކުޅިވަރު ފެސްޓިވަލެއްކަމަށް ފޭސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close