ޚަބަރުރ.އަތޮޅު

ވައްޑެ، އުނގޫފާރު ރައްޔިތުންނާ މިރޭ ބައްދަލު ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ)، އުނގޫފާރު ރައްޔިތުންނާ މިރޭ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ބައްދަލު ކުރެއްވުން އޮންނާނީ މިރޭ 8:30 ގައި ކުލަބު ޔޫތުސްޓާރގެ ހޯލުގައެވެ.

އުނގޫފާރު ދާއިރާގެ 3 ރަށް ކަމުގައިވާ ހުޅުދުއްފާރު، އުނގޫފާރު އަދި މާކުރަތުގެ ރައްޔިތުންނާ ވައްޑެ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ރޭ ވަނީ ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި މާދަމާ ރޭ މާކުރަތުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުން ތަކުގައި ރައްޔިތުންގެ ކަންބޮޑުވުން ތަކާއި، ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްދާ މަޝްރޫޢުތަކާއި އަދި އަންނަ އަހަރުގެ ބަޖެޓުގައި ކުރިއަށް ރޭވިފައި ހުރި މަޝްރޫއު ތަކާ ބެހޭ ގޮތުންނާއި ދާއިރާގެ ތަރައްޤީ އަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close