ޚަބަރު

ޑރ. އަޝްރަފް މާދަމާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަނީ

އެތެރެހަށީގެ ޙާއްސަ ޑޮކްޓަރު، ޑރ.އަޙުމަދު އަޝްރަފު މާދަމާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި އެ ހޮސްޕިޓަލުގެ އިތުރުން ހުޅުދުއްފާރު އަދި މާކުރަތު ސިއްޙީ މަރުކަޒުގައި ޑރ.އަޝްރަފު ބަލިމީހުން ބައްލަވާނެއެވެ.

އެ ގޮތުން ހޮނިހިރު ދުވަހު ހުޅުދުއްފާރު ސިއްޙީ މަރުކަޒުގައި އަދި އާދިއްތަ ދުވަހު މާކުރަތު ސިއްޙީ މަރުކަޒުގައި ޑރ.އަޝްރަފު ޚިދުމަތް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޑރ. އަޝްރަފު އަށް އެޕޮއިންޓްމެންޓް ހެއްދެވުމަށް ގުޅުއްވާނީ ތިރީގައިވާ ނަންމަބަރުތަކަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް 6580100

ހުޅުދުއްފާރު ސިއްޙީ މަރުކަޒު 680155

މާކުރަތު ސިއްޙީ މަރުކަޒު 6580392

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close