ޚަބަރު

ފައިނު ސްޕޯޓްސް ފެސްޓިވަލް 2019 ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑިވާސް އިން އިންތިޒާމްކޮށްގެން ރ. ފައިނުގައި ބޭއްވި “ފައިނު ސްޕޯޓްސް ފެސްޓިވަލް 2019 ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ފިރިހެނުންގެ ފުޓުބޯޅަ، އަންހެނުންގެ ވޮލީ އަދި ކުޑަކުދީންގެ ފުޓްސަލް މުބާރާތެއް ހިމެނިގެން ކުރިއަށް ގެންދިޔަ މިފެސްޓިވަލް ނިމިފައިވަނީ 29 ޑިސެންބަރު 2019 ވަނަ ދުވަހުއެވެ.

މިފެސްޓިވަލް އިންތިޒާމްކުރުމުގައި ފޭސް ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުންނާއި އާއްމު މެންބަރުންގެ އިތުރުން ފައިނުގެ ޒުވާނުންނާއި ޓީމްތަކުގެ މެނޭޖްމަންޓްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމާއި ފެސްޓިވަލަށް ފަންޑް ހޯދުމުގައްޔާއި ވަޞީލަތްތައް ހޯދުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއިއެކު ފާހަގަކުރާކަމަށް ފޭސް ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

މިފެސްޓިވަލްގެ ކޯ ސްޕޮންސަރ މޯލްޑިވް ގޭސް، އާއި ސްޕޮންސަރގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ގުރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އާއި ސްޓެލްކޯ، އެމްޕީއެލް، މަނިކު ޕުރައިވެޓް ލިމިޓެޑް، ކުރިސްޓަލޯ ސްޕީޑް، ފައިނު ކައުންސިލް، ޢަލީ ޖާވިދު އަދި އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް އިން ވެދެއްވާފައިވާ އެހީތެރިކަމާއި، މިފެސްޓިވަލުގެ ކަވަރޭޖް ދިނުމުގައި އުނގޫފާރު ޑޮޓްކޮމް އިން ވެދެއްވާފައިވާ އެހީތެރިކަން އަދި ޒޯޒީ ޕުރިންޓް ކުރުމުގައި އެލީޓް ސްޕޯޓްސް އިން ވެދެއްވާފައިވާ އެހީތެރިކަމާއި ކުލަބް ޔަންގް ސްޓަރސް އާއި ފައިނު ހެލްތު ސެންޓަރުގެ ފަރާތުން ލިބުނު އެއްބާރުލުން ނުހަނު އުފަލާއެކު ފާހަގަކުރާކަމަށް ފޭސް ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

ފައިނުގެ އެންމެހާ ރައްޔިތުންނަކީ ކުޅިވަރުގައި އެކުވެރި އެއްބައިވަންތަ ބައެއްކަން މިޙަރަކާތުން ވަނީ ދައްކުވައިދީފައެވެ. ފޭސް ޖަމިއްޔާގެ މަގޭ ފައިނު ޝިއާރުގެ ދަށުން މިއަހަރަށް ރޭވިފައިވާ ޙަރަކާތްތައް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައިވާއިރު، މިފަދަ އެތަކެއް ޙަރަކާތްތަކެއް 2020 ވަނަ އަހަރު ހިންގުމަށް ޤަސްތުކުރާކަމަށް އެޖަމިއްޔާއިން މަޢުލޫމާތުދެއެވެ. 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close