ޚަބަރުރ.އަތޮޅު

ފޭސް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގެލެކްސީ ހޯދައިފި

ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑިވާސް އިން އިންތިޒާމްކޮށްގެން ރ. ފައިނުގައި ބޭއްވި “ފައިނު ސްޕޯޓްސް ފެސްޓިވަލް 2019 ގައި ހިމެނޭ ފޭސްކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގެލެކްސީ ހޯދައިފިއެވެ.

29 ޑިސެންބަރު 2019 ވަނަ ދުވަހު ކުރިއަށްދިޔަ ފައިނަލް މެޗްގައި ބީޗް ފޯސްގެ ޓީމާއި ބައްދަލުކޮށް ގެލެކްސީ މެޗް ކާމިޔާބު ކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޯދާފައިވަނީ ގެލެކްސީގެ ފާޠިމަތު މާހިޔާ އެވެ.

މިމުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ގޮތުގައި ބީޗް ފޯސްގެ ޖީނާ މުޙައްމަދު ނަސީމްއާއި ފާޠިމަތު ރިފާ އާއި ޑީވީޑީ ފޯސްގެ މަރްޔަމް ސިޔާމާ އާއި ގެލެކްސީގެ ޒުލްފާ ރާޝިދުއާއި ފާޠިމަތު ޝަމްހާ އާއި ފާޠިމަތު މާހިޔާ ހޮވިފައިވާއިރު، މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ގެލެކްސީގެ ފާޠިމަތު މާހިޔާ އެވެ.

ފައިނަލް މެޗްގައި ދެޓީމްގެ ފަރާތުން ފޯރިގަދަ ވާދަވެރި މެޗެއް ފެނިގެން ގޮސްފައިވާއިރު، މިއީ ފައިނުގެ ތާރީޚުގައި އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން އަލަށް ކުރިއަށް ގެންދެވުނު ވޮލީ މުބާރާތެކެވެ. މިމުބާރާތުގައި ރަށުން ބޭރު މޮޅު އެތަކެއް ކުޅުންތެރިންނެއް ކުޅެފައިވާއިރު، އެކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ.

މިފެސްޓިވަލްގައި ހިމެނޭ ކުޑަކުދީންގެ ފުޓުސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބީޗް ފޯސްއެވެ. ޓީމް ގާލެންޑޯ އާއި ވާދަކޮށް ބީޗްފޯސްއިން ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close