ޚަބަރުސިއްޙަތު

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޮޑު ތަރުހީބެއް

ސްމޯކިން ސެޒޭޝަން ޕްރޮގްރާމް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން ހިންގާ ހާއްސަ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 18 ޑިސެމްބަރު 2019 އިން ފެށިގެން 22 ޑިސެމްބަރު 2019 ގެ ނިޔަލަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުގެ ފަރާތުން އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އަހުމަދު މާހިރު ވިދާޅުވީ މިޕްރޮގްރާމްގެ ފުރަތަމަ ބުރު 26 ޑިސެމްބަރުގައި ފަށާފައި ވާ ކަމަށެވެ. މިބުރުގައި 19 ފަރާތަކުންވަނީ ޕްރޮގްރާމް ފަށާފައެވެ. އަދި ރޭ ފެށުނު 2 ވަނަ ބުރުގައި 29 ފަރާތަކުން  ބައިވެރި ވެފައިވާ ކަމަށެވެ. އަދިވެސް މިޕްރޮގްރާމުގައި ބައިވެރިވުމަށް ގިނަބަޔަކު އެދެމުންދާކަމަށާއި އަންހެންބޭފުޅުންނަށް ހާއްސަކޮށް އެފަރާތްތަކަށް މިފަދަ ބުރެއް ބާއްވައިދިނުމަށް އެދެމުން ދާކަމަށެވެ. މީގެ އިތުރުން އަތޮޅުގެ ބައެއް ރަށްތަކުންވެސް މިކަމަށް ރިކުއެސްޓް ކުރަމުން ދާކަމަށެވެ.

މިޕްރޮގްރާމުގައި ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ޒުވާނަކު މައުލޫމާތު ހިއްސާ ކރުރަމުން ބުނީ މިއީ ވަރަށް ރަގަނޅު ޕްރޮގްރާމެއްކަމަށާއި އާއަހަރާއި ދިމާކޮށް ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ލިބިގެން މިދިޔައީ ވަރަށް މުހިއްމު ފުރުސަތެއްކަމަށެވެ.

“އަޅުގަނޑު ހުރީ މިކަމުން ސަލާމަތްވުމަށް ވަރަށް ބޭނުންވެފަ، އާއަހަރު ފެށޭއިރު ހުއްޓާލަން ނިންމައިގެން މިހުރީ، މިގޮތަށް ނިންމައިގެން ހުއްޓާ މިޕްރޮގްރާމުން ފުރުސަތު ލިބިގެން ދިއުން މިވީ މަށަށް ލިބުނު ވަރަށްބޮޑު ހިތްވަރަކަށް އަދި ފުރުސަތަކަށް”

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close