ޚަބަރުރ.އަތޮޅުސިޔާސީ

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ގެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

2020.ވަނަ އަހަރުގެ ލޯކަލްކައުންސިލް އިންތިޚާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމެރީއަށް އިއްޔެއިން ފެށިގެން ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމަށް އެޕާޓީން ކޮށްފައިވާ އިއުލާނުގައި ދާއިރާތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް 10 ޖެނުވަރީ 2020 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ހުށައެޅުއްވުމަށް ބުނެފައިވެއެވެ. މިޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ މަގާމުތަކަށް ކުރިމަތިލުމާއި ވޯޓްލެވޭނީ އެޕާޓީން ކުރިންވެސް އިއުލާން ކޮށްފައިވާފަދައިން 31 ޑިސެންބަރު 2019 ވާ (އަންގާރަ) ދުވަހުގެ 2:00 ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ އެޕާޓީގެ މެންބަރުންނަށްކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތި ލުމަށްއެދި ހުށަހަޅާ ފޯމް

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތި ލުމަށްއެދި ހުށަހަޅާ ފަރާތަށް ތާއީދުއޮތްކަން އަންގައިދޭ ލިޔުން

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ހުޅުވާލާފައިވާ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައްސިޓީ ކައުންސިލް ގޮނޑިތައް

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ހުޅުވާލާފައިވާ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް ގޮނޑިތައް

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close