ޚަބަރުރ.އަތޮޅު

ހުޅުދުއްފާރު އަދި އަލިފުށީގެ މަގު ހެދުމަށް ބޭނުންވާ އީއައިއޭ ހަދަން ހަވާލުކޮށްފި

ރ. އަލިފުށްޓާއި ރ. ހުޅުދުއްފާރު ހިމެނޭ ގޮތުން ހަ ރަށެއްގެ މަގު ހެދުމަށް ބޭނުންވާ ޑިޒައިނިން މަސައްކަތާއި، ސާވޭ އަދި އީއައިއޭގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން ބަޔަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތްތަށް 120 ދުވަސްތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖީނަރިންގ ކޮންސަލްޓެންސް އޮފީސްއަށެވެ.

ޖުމްލަ 3،176،164.50 ރުފިޔާގެ އަގަކަށް އެ މަސައްކަތް އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސް އާއި ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި މަސައްކަތްތަކުގެ މި ކޮންޓްރެކްޓް ތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި އަލް ހަބްޝީ އިންޖީނަރިންގެ ފަރާތުން ސޮއި ކުރެއްވީ ކަންޓްރީ ޑިރެކްޓަރ އޮފް އަލް ހަބްޝީ އިންޖީނަރިންގ ކޮންސަލްޓެންސް އޮފީސް އަބްދުލް ރައްޒާޤް އިދްރީސްއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރ. އަލިފުށި އަދި ރ. ހުޅުދުއްފާރުގެ އިތުރުން މަގު ހެދުމުގެ ސާވޭއާއި، ޑިޒައިނިން އަދި އީއައިއޭ ހަދަން ހަވާލުކޮށްފައިވަނީ ހއ.ކެލާ، މ.މުލި، ލ.ގަން، އަދި ތ.ގުރައިދޫގެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close