ޚަބަރުސިއްޙަތު

ޖަޕާނުން ހަދިޔާކުރި އެމްބިއުލަންސް މިއަދު އުނގޫފާރަށް ގެނެސްފި

ރަށްރަށުންދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ސަރުކާރުން ހޯދާފައިވާ އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. އެގޮތުން ޖަޕާނު ސަރުކާރުން ދިވެހި ސަރުކާރަށްހަދިޔާކުރި އެމްބިއުލަންސް ތަކުގެ ތެރެއިން އުނގޫފާރަށް ހަދިޔާކުރި ޕެރެމެޑިކް އެމްބިއުލަންސް މިއަދު މެންދުރުފަހު ވަނީ އުނގޫފާރަށްގެނެސް ފައެވެ.

ސަރުކާރުން ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް އެމްބިއުލަންސްގެ ހިދުމަތް ދިނުމަށް ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 21 އެމްބިއުލާންސްއާއި، ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހޯދާފައިވާ 5 އެމްބިއުލާންސްއާއިއެކު ޖުމްލަ 26 ރަށްކަމަށް އެމްބިއުލާންސް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ. މިރަށްރަށުގެ ތެރޭގައި އެމްބިއުލާންސްގެ ޚިދުމަތް ކުރިން އެއްގޮތަކަށްވެސް ލިބިފައިނުވާ  ބ.ފޮޅަދޫ، ފެހެންދޫ، ކިހާދޫ ހިމެނެއެވެ.

އެމްބިއުލާންސް ނެތް ރަށްރަށުގައި ބަލިމީހުން ފަރުވާހޯދުމަށް ސިއްޙީ މަރުކަޒުތަކަށް ގެންދިއުމަށް މިހާތަނަށް ޢާއްމުން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމަށް އެދެވޭ ހެޔޮބަދަލެއް ގެނައުމަށް ސަރުކާރުންވަނީ މަސައްކަތް ފަށާފައެވެ. ޚާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ސިއްޙީ ޚިދުމަތް ދޯދަން މާލެއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މުޅިރާއްޖެއަށް ބަހާލައިގެން ޚިދުމަތްތައް ދިނުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ ޢަމާޒަކީ މި 5 އަހަރުގެ ދަޢުރު ނިމޭއިރު ރާއްޖޭގެ 5 ސަަރަޙައްދުގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ssgff Recent comment authors
ssgff
Guest
ssgff

Mmm

Close