ޚަބަރު

ފުނޫނުލް ޤުރުއާން ކްލާހުގެ 2019 ވަނަ އަހަަރުގެ ދަސްވެނިވުން ބާއްވައިފި

ރ އުނގޫފާރު ގައި ހިންގާ ފުނޫނުލް ގުރުއާން ކުލާހުން 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާގައި، 2019 ވަނަ އަހަރު އެތަނުން ހިންގި އެކި ކޯސްތަކުން ދަސްވެނިވި ފަރާތްތަކަށާއި އެކި އެކި މުބާރާތްތަކުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އެކަމުގެ އަގު ވަޒަންކޮށް ތައްޓާއި އިނާމާއި ހަނދާނީ ލިއުން ދީފައިވެއެވެ.  މިޖަލްސާ ބޭއްވީ އިއްޔެ ހަވީރު 16:30 ގައި އުނގޫފާރު ކުލަބް ޔޫތު ސްޓަރގެ ހޯލުގައެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން އެކްލާހުގެ ފަރާތުން ފާހަގަ ކުރި އެއްމެ މުހިއްމު އެއްކަމަކީ މިއަދު އެތަނުގައި، ފުނޫނުލް ޤުރުއާންގެ އުނގޫފާރު ގޮފީގައި ކިޔަވައިދެއްވުމަށް އެތަނުން ދަސވެނިވެގެން ތިއްބެވި އުނގޫފާރުގެ ދަރިން ތިބިކަމެވެ.

2016 ވަނަ އަހަރު ފެށި މިކުލާހުގައި އުނގޫފާރުގެ އިތުރުން ރ އަތޮޅުގެ އެހެން ރަށްތަކުންވެސް ގިނައަދަދެއްގެ ދަރިވަރުން ކިޔަވަމުންދެއެވެ.

ފުނޫނުލް ޤުރުއާންގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާ

Funoonul Quran Dhassvenivumuge Haflaa 2019 – Ungoofaaru Club youth Star in Vaguthun.

Posted by Ungoofaaru.com on Saturday, 4 January 2020

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close