ޚަބަރުރ.އަތޮޅުތިމާވެށި

ގަވާއިދާ ހިލާފަށް ރ. ވޭވަށުން ވެލިނަގަނީ

ރ އަތޮޅުގެ ގިނަބަޔަކު ދަތުރުގޮސް އުޅޭ ރީތި ކުޑަކުޑަ ވޭވަށުން ގަވާއިދާ ހިލާފަށް ވެލިނަގާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ދައުރުވަމުންދާ ފޮޓޯތަކުންނާއި އަދި އުނގޫފާރު ޑޮޓްކޮމްއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެލިނެގުމުގެ މަސައްކަތުގައި ހަތަރުވަރަކަށް މީހުންގެ ގުރޫޕަކުން ހަރަކާތްތެރިވެއެވެ. ވެލިބަލާ ގޮސް އޮތް ދޯނި ފޮޓޯތަކުން ފެނުނުނަމަވެސް ރެޖިސްޓްރީ ނަމްބަރު ސާފު ނުވާތީ އެއީ ކޮންރަށަކަށް ނިސްބަތްވާ ދޯންޏެއްކަމެއް ސާފެއްނުވެއެވެ.

ރާއްޖޭގެ އެއްވެސް ރަށެއްގެ ގޮނޑުދޮށުން ވެލިނެގުމަކީ މަނާކަމެކެވެ. އިމާރާތް ކުރުމަށާއި ދިރިއުޅުމުގެ އެކި ބޭނުންތަކަށް ވެލިނެގުމަށް ކޮންމެ އަތޮޅެއްގައިވެސް ހާއްސަކުރެވިފައިވާ  ސަރަހައްދުތަކެއް ނުވަތަ ފަޅުތަކެއްހުރެއެވެ. އެތަންތަނުންވެސް ވެލިނެގޭނެ އުސޫލުތަކެއް އެކުލަވާލާ އާއްމު ކޮށްފައިވެއެވެ.

 

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
AminaUngoofarumeeha Recent comment authors
Amina
Guest
Amina

Salaam hama thi Dhoni othee kuda lundhoogaves veli nagan

Ungoofarumeeha
Guest
Ungoofarumeeha

Konmedhuvahaku mi meehun velinagaa…. mee konbaehlanves hama ragalhah engeyne.. ungoofaaru falhun furaigen gos ungoofaaru bandharah mi eli goani thah konme dhuvahaku baalaa manzaru fennane ethah beh ulheyne… foto leema neyngey kamah hadhany hama

ކިޔާލުން ރަނގަޅު

Close
Close