ޚަބަރުތައުލީމް

ދިރާސީ އާއަހަރު އުނގޫފާރު ސްކޫލްގެ އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވީ މާލީ ވަޒީރު

19 އަތޮޅުގެ 19 ސްކޫލެއްގެ އެސެމްބްލީގައި މިނިސްޓަރުން އިއްޔެ ބައިވެރިވެ ވަޑައިގެންނެވި

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން އިއްޔެ ހެނދުނު އުނގޫފާރު ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ މާލީ ވަޒީރު އަލްފާޟިލް އިބްރާހީމް އަމީރުއެވެ. މިއެސެމްބްލީގައި މިނިސްޓަރުގެ އިތުރުން އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ ގިނަ މުވައްސަސާތަކުގެ އިސްވެރިންނާއި ދަރިވަރުންގެ ބެލެނިވެރިންވެސް ބައިވެރިވިއެވެ.

ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ފަރާތްތަކަށް ސްކޫލުންވަނީ ދަރިވަރުންނާއެކު ހެނދުނުގެ ނާސްތާ ގައި ބައިވެރިވުމުގެ ފުރުސަތުދެއްވާފައެވެ.

އިއްޔެ ހެނދުނު އުނގޫފާރު ސްކޫލްގައި ކުރިއަށްދިޔަ ހާއްސަ އެސެމްބްލީގައި މުދައްރިސުންގެ ފަރާތުން އެ މުދައްރިސުންގެ އަސަރުގަދަ ނަސޭހަތެއް ޅެމެއްގެ ސިފާގައި ދަރިވަރުންނަށް ވަނީ ހުށައަޅާދީފައެވެ.

އެޑިޔުކޭޝްން މިނިސްޓްރީން ބުނެފައިވާ ގޮތުގައި 19 އަތޮޅުގެ އެސެމްބްލީގައި މިނިސްޓަރުން އިއްޔެ ބައިވެރިވެވަޑައިގެންނެވިއިރު ކޮންމެ އަތޮޅަކުން ވެސް އެއް ސްކޫލެއްގައި ބޭއްވި އެސެމްބްލީގައި މިނިސްޓަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރ އަތޮޅުން މި އެސެމްބްލީ ބޭއްވުމުގެ ފުރުސަތު ލިބުނީ އުނގޫފާރު ސްކޫލަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދިރާސީ އާއަހަރެއް ފެށުމުގެ ގޮތުން ސްކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ނަސޭހަތްތެރިވެ ވަޑައިގަތުމަށް ކެބިނެޓް ވަޒީރުން އަތޮޅުތެރެއަށް ވަޑައިގެން ފުރަތަމަ ފަހަރުވެސް މެއެވެ.

އިއްޔެ ފެށުނު ދިރާސީ އާއަހަރުގައި އެއްދަންފަޅިއަށް 150 ސްކޫލެއްގައި ކިޔަވައިދޭއިރު ސަރުކާރުގެ ޖުމްލަ 212 ސުކޫލެއްގައި 73067 ދަރިވަރުން ތައުލީމު ހާސިލުކުރާނެ އެވެ.

އިއްޔެ ބޭއްވި އެސެމްބްލީ ވަނީ އުނގޫފާރު ޑޮޓްކޮމްގެ ފޭސް ބުކް ޕޭޖުން ލައިވް ކޮށްދީފައެވެ. ފޭސްބްކް ލައިވް ބައްލަވާ ލެއްވުމަށް

2020 ge Dhiraasee aa'aharuge kiyevun feshumah Ungoofaaru school ga baahvaa haassa assembly

Posted by Ungoofaaru.com on Saturday, 11 January 2020

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close