ޚަބަރު

އުނގޫފާރު ވަރަށް ބޮޑަށް ގިރާ، ބޮޑެތި ގެއްލުންތަކެއް

މި ފެށުނު އިރުވައި މޫސުމާ ދިމާކޮށް ރ.އުނގޫފާރު އިރުމަތީ ފަރާތާއި ތުނޑިއާ ދިމާ ވަރަށް ބޮޑަށް ގިރާ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރަށްގިރުމުގެ ސަބަބުން އަތިރިމަތީގައި ހައްދާފައިވާ ބައެއް ގަސްގަހާއި ރުއް ވަނީ މޫދައް ވެއްޓިފައެވެ. އަދި މީގެ އިތުރުން އުނގޫފާރު ކައުންސިލުން ޕިކްނިކް އޭރިއާއެއްގެ ގޮތުގައި ތަރައްޤީކުރި ސަރަހައްދުގައި ބަހައްޓާފައިވާ ބައެއް ގޮނޑިތަކާއި ބެންޗު ފަދަ ތަކެތި ވަނީ ގުންޑޮޅި ކަނޑައިގެން ދިއުމުގެ ސަބަބުން މޫދަށް ވެއްޓިފައެވެ. އަދި އެ ސަރަހައްދުފައި އިނދޯލި އެލުވާފައި ހުރި ބައެއް ރުށްގަސް ވެސް ވަނީ ވެއްޓި ނުވަތަ އަރި އަޅާލާފައެވެ.

ރަށްގިރުމުގެ ސަބަބުން އުނގޫފާރު ޕިކްނިކް އޭރިއާގައި ބަހައްޓާފައިވާ ބެންޗުތައް ވަނީ ވެއްޓިފައި —

ރަށް ގިރުމަކީ އުނގޫފާރަށް ދިމާވެފައި ތިމާވެށީގެ އެންމެ ބޮޑު މައްސަލައެވެ. އަދި ކޮންމެ އަހަރަކު ވެސް ވަކިދުވަސް ވަރަކަށް ރަށުގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގިރާކަން ފާހަކަކޮށްލަން ޖެހެއެވެ. އެހެން ނަމަވެސް ރަށް ގިރުން ކޮންޓުރޯލްކޮށް ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ވޭތުވެ ދިޔަ ދުވަސްތަކުގައި އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާތީ ރަށުގެ ގިނަ އާންމުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރަށްގިރުމުގެ ސަބަބުން އުނގޫފާރު އަތިރިމަތީގައިވާ ގިނަ އަދަދެއްގެ ރުއް ގަސް ވަނީ ވެއްޓިފައި – ފޮޓޯ: ފޭސްބުކް

މިކަމާ ބެހޭ ގޮތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ޙިއްސާކުރަމުން ރަށުގެ ޒުވާނަކު ބުނި ގޮތުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޒުވާނުންގެ ބަޔަކު އިސްނަގައިގެން ވެލި ގޯނި ޖެހުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް މާޒީގައި ނުކުތް ނަތީޖާއަށް ބަލާއިރު ވެލިގޯނި ޖެހުމަކީ މާ އެދެވޭ ހައްލެއް މިކަމަށް ލިބިގެން ދާނެ ކަމެއް ނޫންކަމަށާއި މިކަމަށް އޮތް ހައްލަކީ ގިރާ ސަރަހައްދު ހިމާޔަޠް ކުރުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތް ކުރުމެވެ. ކުރިއަށް އޮތް ތަނުގައި އުނގޫފާރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައި ވުމާއެކު ރައްޔިތުންގެ އުންމީދަކީ ބިން ހިއްކުމާއެކު ރަށުގެ ވެލިގަނޑު ހިފެހެއްޓުމަށް ރަނގަޅު ފެންވަރެއްގެ މަސައްކަތްތަކެއް ކުރެވިގެން ދިއުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close